ކަމަދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓެއް ދީފި

ވަރަށް ގިނަ ރަށްރަށުގެ ބަނދަރުގެ ހެދުމުގެ މަސައްކަތް ކުރިޔަށް ދެ އެވެ. ބ. ކަމަދޫގެ މި ޕްރޮޖްޓްގެ އަގަކީ 53.6 މިލިއަން ރުފިޔާ އެވެ.

ކަމަދޫ ބަނދަރުގެ މަސައްކަތް ކުރަނީ: ޕްރޮޖެކްޓްގެ ބޮޑު ބައެއް ވަނީ ނިމިފައި

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ރަށުގެ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތާއި އާ ހާބަރުގެ ބޭސިން ފުން ކުރުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

މީގެ ކުރިން ވަނީ އެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓެއް ގެންގޮސްފަ އެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 ޕަސެންޓް ފުރިހަމަ ކޮށްފައި ވެއެވެ. 

ކަމަދޫގެ މި ޕްރޮޖްޓްގެ އަގަކީ 53.6 މިލިއަން ރުފިޔާ އެވެ. 

މި މަސައްކަތުގައި 30،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުން ކުރުމާއި 5،085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބާ ޗެނަލް ފުން ކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި ހާބާ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ސްކޯރިން އޭޕްރަންއެއް ހެދުމާއި، ބަނދަރު އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.