އާ އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމާ ދެކޮޅު ހަދައި އިދިކޮޅުން މިއަދު މަގުމަތީގަ އާއި މަޖިލީހުގެ އިދާރާގައި އިހުތިޖާޖު ކުރި އިރު ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.
އާ އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅު ހަދައި އިދިކޮޅު ދެ ޕާޓީން މިއަދު މަގުމަތީގަ އާއި މަޖިލީހުގެ އިދާރާގައި އިހުތިޖާޖު ކުރި އިރު ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. މަޖިލީހުގައި އިހުތިޖާޖް ކުރުމުން ނަން އިއްވި މެންބަރުން ނެރުމުގެ ތެރެއިން މެންބަރަކަށް އަނިޔާވެފައިވާއިރު މަގުމަތީގެ މުޒާހަރާތަކުގެ ތެރޭ ފުލުހުން ހުރަސް އަޅައި ފަހަތަށް ޖައްސައި ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ވެސް ބައެއް ފަރާތްތަކަކަށް ވަނީ އަނިޔާވެ ފަރުވާ ދޭން ޖެހިފަ އެވެ.