ޝަހިންދާ ކުރި ސުވާލެއް: އިސްލާމިކް މިނިސްޓަރީ އަދާލަތަށް ދެނީ ކީއްވެ؟

ދިވެހިންގެ ގިނަ ބައެއް ނުރުހުމާއި ފާޑުކިޔުން އޮތް ޝަހިންދާ އެހެން ބުނު އިރު އަދާތަލަތީ ވެސް މިހާރު ދިވެހިންގެ ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އޮތް ޕާޓީއެކެވެ.

ޝަހިންދާ އިސްމާއީލް: އިސްލާމިކް މިނިސްޓްރީގެ ޕޯޓިފޯލިއޯ އަބަދު އަދާލަތަށް ދޭތީ ސުވާލެއް ކުރި

ދިވެހި ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް ތައަރާފުވި ފަހުން އައި ކޮންމެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރީ އަދާލަތު ޕާޓީއަށް ދެނީ ކީއްވެގެންތޯ ހައްދުފަހަނަ އަޅާފައިވާ އެމްޑީއެން ހިންގި / ދިވެހި ސަރުކާރުން އުވާލި ފަހުން މިހާރު ވެސް ހިންގާ އަދި ރާއްޖޭގެ ގިނަ ކަންކަމަށް ފާޑު ކިޔާ ޝަހިންދާ އިސްމާއީލް ސުވާލު ކޮށްފި އެވެ. 

އިސްލާމް ދީނަށް ނިސްބަތްވާ ގޮތަށް ދެއްކި ބައެއް ވާހަތަކުންނާއި އެމްޑީއޭއިން، މާތް ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާކުރުން ހިމަނައިގެން ރިޕޯޓެއް ހެދުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާ ޝަހިންދާ ޓްވީޓް ކޮށް އަހާފައި ވަނީ ޕާޓީ ސިސްޓަމް އުފެދުނީއްސުރެ އަންނަ ކޮންމެ ސަރުކާރެއްގައި ވެސް އިސްލާމިކް މިނިސްޓްރީ އަދާލަތަށް ދެނީ ކީއްވެތޯ އެވެ؟  

އޭނާ އަދި މިހެން ލިޔެފައި ވެއެވެ: "... އެއިން ވަކި ލިބުނު ކުރިއެރުމެއް ވޭތޯ ދިވެހިން ވިސްނާލުން މުހިއްމު. ކޮންމެ ޕާޓީއެއްގައި ވެސް ދީނީ އިލްމުވެރިން އެބަތިބި،" 

ޝަހިންދާ އިސްމާއިލް ކުރި ޓްވީޓް

ކުރީން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ވެސް އަދާ ކުރި ޝަހިންދާ ބުނަނީ އަދާލަތުން އެ ދައްކައި ދެނީ ކޮންމެ ގޮތަކުންވިޔަސް ސިޔާސީ ބާރު ހޯދުން އެ ޕާޓީއަށް މުހިއްމުކަން ކަމަށެވެ.

ކުރީގެ ސަރުކާތަކަށް ފާޑު ކިޔައި ހެދި ފަދައި މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް ވަރަށް ގިނައިން ފާޑު ކިޔަމުން އަންނަ ޝަހިންދާ ބުނެފައި ވަނީ ދީނީ ހަރުކަށިކަން ރާއްޖޭގައި ދުވަހުން ދުވަހަށް ގޮސްފައި ވަނީ މައްޗަށް ކަމަށެވެ.

މީގެ އިތުރުން "އަދާލަތައް ނޫނެކޭ ބުނަންވެއްޖެ" ކަމަށް ވެސް އޭނާގެ ޓްވީޓްގެ އެއްބައިގައި ތާނައިން ލިޔެފައި ވެއެވެ.

ދިވެހިންގެ ގިނަ ބައެއް ނުރުހުމާއި ފާޑުކިޔުން އޮތް ޝަހިންދާ އޮތް ނަމަވެސް އޭނާގެ މި ޓްވީޓްގައި ކޮށްފައިވާ ސުވާލަށް ބައެއް މީހުން ތަރުހީބު ދީފައި ވެއެވެ.

އަދާތަލު ޕާޓީއަކީ ވެސް މިހާރު ދިވެހިންގެ ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އޮތް ޕާޓީއެކެވެ. ހާއްސަކޮށް އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އަށް އޮތް ފާޑުކިޔުންތައް ރާއްޖޭގައި ވަރަށް ބޮޑެވެ. ގިނަ މީހުން ސިފަ ކުރާ ގޮތުގައި މިނިސްޓަރު އިމްރާނަކީ އަދާލަތުގެ ނަން ބޭނުންފުޅު ކުރައްވައި ނާޖާއިޒު ގޮތު ސިޔާސީ ގޮތުން ބަރާއި ނުފޫޒު ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.