މުޅި މަތިވެރި ބެލިއްޖެ، ހަސަންފުޅުގެ ހަބަރެއް ނެތް

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރަށުގެ ފަޅުތެރެއަށް ޑަައިވްކޮށްގެން ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަތިވެރީގެ ހުރިހާ ސަރަހައްދަކާއި ގޭބީސީތަކާއި ފަޅު ގޯތިތައް ބަލާފައިވާ ކަމަށެވެ.

އއ. މަތިވެރި، ރިވެލި / ހަސަން އަލީ: މިދިޔަ ބުދަ ދުވަހުން ފެށިގެން ވަނީ ގެއްލިފައި

އއ. މަތިވެރި، ރިވެލި / ހަސަން އަލީ (ހަސަންފުޅުބެ) ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބީސީތަކާއި ފަޅު ގޯތިތައް ބަލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ހަސަންފުޅުބެ ގެ ހަބަރެއް ނުވެގެން އޭނާ ހޯދަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ހަތަރު ދުވަސް ވަންދެން ކުރެވުނު މަސައްކަތުންވެސް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރަށުގެ ފަޅުތެރެއަށް ޑަައިވްކޮށްގެން ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަތިވެރީގެ ހުރިހާ ސަރަހައްދަކާއި ގޭބީސީތަކާއި ފަޅު ގޯތިތައް ބަލާފައިވާ ކަމަށެވެ.

"އަދިވެސް އިތުރަށް ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން މި މަސައްކަތް ފެށުމުގެ ކުރީން ހަސަންބެ ހޯދުމުގެ މަސައްކަތް މަތިވެރީ ރައްޔިތުން ވަނީ ވަރަށް ފުޅާކޮށް ކުރިއަށް ގެންގޮސްފައެވެ. މުޅި ރައްޔިތުން ނިކުމެ ރަށުއެކި ސަރަހައްދުތައް ބަލާފައިވެއެވެ. އަދި 27 އުޅަނދެއްގައި ފަޅާއި ކަނޑުގެ ސަރަހައްދު ބަލާފައިވެއެވެ.

ކުއްލި ގޮތަކަށް ރަށުން މީހަކު ގެއްލުމާއި ގުޅިގެން މަތިވެރީ ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމަކާއި ގިނަ ސުވާލުތަކެއްގެ ތެރޭގައެވެ. 

ހަސަން އަލީ ހޯދަން މަތިވެރި ރައްޔިތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ހަސަންފުޅުބެއަކީ އެންމެންނާ ވެސް ގުޅޭ ވަރަށް ސަމާސާ ބޮޑު މީހެކެވެ. ރަށުގެ އިޖްތިމާއީ މަސައްކަތުގައި ވެސް އޭނާގެ ނަން ހާއްސަ އެވެ. އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މަތިވެރީގެ ބަނދަރު ރީތިކޮށް ބޭއްވުމަށް އޭނާ އިސްނަގައިގެން ކުރާ މަސައްކަތެެވެ.

 ކޮންމެ ދުވަހަކު ވެސް ބަނދަރު ސާފު ކުރުމުގެ މަސައްކަތް ހަސަންބެ ކުރަނީ އެއީ އޭނާގެ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. މީހުން އަޅާފައި ހުންނަ ކުންޏާއި ކަނޑުން ބަނދަރަށް ޖަމާވެފައި ހުންނަ ކުނިތައް ނަގާ ސާފުކޮށް ހަަދައެވެ. އަންގާރަ ދުވަހު ހެނދުނު ވެސް އެ މަސައްކަތް ކުރި އެވެ.

އާއިލާއިން ބުނި ގޮތުގައި އޭގެ އެރޭ ކާންވެސް ނާދެ އެވެ. ނިދަންވެސް ނާދެ އެވެ. 

ހަސަންފުޅުބެ ފެނޭތޯ ކަނޑުގެ ސަރަހައްދު ބަލަން ލޯންޗެއް ފުރަން ތައްޔާރު ވަނީ

ހަސަންފުޅުބެ ގެއްލުމާއި ގުޅިގެން އެންމެ ގިނަ ބަޔަކަށް ފާހަގަވި އެއް ކަމަކީ އޭނާގެ މިޒާޖަށް މި ފަހުން އައި ކުއްލި ބަދަލެވެ. އެ ބަދަލު އަައި ކަން ރަށުގެ މީހުންނަށް ފާހަގަވީ ހަސަންބެ ކުއްލި އަކަށް ގެއްލުމުންނެވެ.

މަތިވެރީން ވާހަކަ ދެއްކި ވަަރަށް ގިނަ މީހުން ބުނި ގޮތުގައި ހަސަންބެ އަކީ ކުރީން ވަަރަށް ސަމާސާ ބޮޑު މީހެކެވެ. ކުޑަކުދީންނާއި ސަމާސާ ކުރުމާއި އެ ކުދީންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ކުރެއެވެ. ނަމަވެސް މިދިޔަ ދެތީން ދުވަހު މުޅީން ތަފާތެވެ.

އެންމެ ބޮޑު ތަފާތަކީ މީހުންނާއި ވާހަކަ ދެއްކުން މުޅީން ހުއްޓާލުމެވެ. މަޑުވެފައި ހުރުމެވެ.

"އެންމެ ފަހުން ރޭ ފެނުނުއިރު ވެސް އެއްވެސް ވާހަކައެއް ނުދައްކާ. އެހެން ނޫނީ އަޅުގަނޑުގެެ ދަރިފުޅު ފެނުނީމަ އަނގައިން ނުބުނެ ހަސަންބެ ނުހުންނާނެ. އެކަމަކު ރޭގައި އަޅުގަނޑު ދަރިފުޅާއެކު ހަސަންގެ ކައިރިއަށް ދިއުމުން ވެސް އިސް އުފުލާ ބަލައިވެސް ނުލާ،" އެ ރަށުގެ ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅަކު ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.