ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިއަދު ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ޓްރެފިކް ގާނޫނުގެ ދަށުން އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީން މިއަދު ބޭއްވި "ބުންވަރު" ހިނގާލުމުގެ ތެރެއަށް ސައިކަލާއެކު ވަދެގަތް މީހާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިއަދު ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ޓްރެފިކް ގާނޫނުގެ ދަށުން އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެގޮތުން ސައިކަލު ވަނީ 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައި ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ބޮޑު މަހާސިންތާ "ހޯފް ކޮންފަރެންސް" ގެ ތެރެއިން ބާއްވަން ނިންމި "ބުންްވަރު" ހިނގާލުން އެތައް ސަތޭކަ ބަޔަކާއެކު ކުރިއަށް ގެންދަނިކޮށް ދިވެހި ފިރިހެނަކު ވަނީ ސައިކަލެއްގައި ދުއްވާފައި އައިސް ގަސްތުގައި އެއްވުމުގެ ތެރެއަށް ވަދެގެންފައެވެ.
އޭނާ ސައިކަލްގައި އައިސް ވަދެގަތީ ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ. ނަމަވެސް ފުލުހުންނަށް އޭނާ ނުހުއްޓުވުނެވެ. އޭނާ ވަނީ ސައިކަލުން ބައެއް މީހުން ގައިގައިވެސް ޖައްސާފައެވެ.