އަނެއްކާ ލަންކާ ކެކެނީ، މައްސަލައަކީ ރާޖަޕަކްސާގެ އެހީގައި ރަނިލް ވަޑައިގަތުން

އަވަށްޓެރި ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރި މީހުން ހިމޭން ވެލައިގެން ތިއްބާ އިއްޔެ އެ ގައުމުގެ ރައީސުކަމަށް ރަނިލް ވިކްރަމަސިންހަ ހޮވި ވަޑައިގަތުމާއެރކު އޭނާ މަގާމުން އިސްތިއުފާ ދޭން ގޮވާލާ މުޒާހަރާތައް ފުޅާ ކޮށް "ރަނިލް އަކީ ރައީސެއް ނޫން" ކަމަށް އަޑު އަހަރު ކުރަމުން އެެބެ އެވެ.

ކޮލޮމްބޯގެ ގޯލްފޭސް ގްރީންގައި އަންމުންގެ އެތައް ބަޔަކު އެއްވެ ރަނިލްގެ އިސްތިއުފާއަށް ގޮވާލަނީ

ރާއްޖެއާ އަވަށްޓެރި ސްރީލަންކާގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދާ އެތައްހާސް ބަޔަކު، އިއްޔެ އެ ގައުމުގެ ރައީސުކަމަށް ހޮވިވަޑައިގަތް ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދޭން ގޮވާލާ މުޒާހަރާތައް ފުޅާ ކޮށް "ރަނިލް އަކީ ރައީސެއް ނޫން" ކަމަށް އަޑު އަހަރު ކުރަން ފަށައި އަނެއްކާވެސް ގައުމު ކައްކުވާލައިފި އެވެ.

އަލުން އިހުތިޖާޖުތައް ފުޅާ ކުރަން "މަގުމަތީގައި އޮތް ރައްޔތް" ޖައްސާފައިވާއިރު ހަމަ މީހުންގެ ފިއްތުންތަކުގެ ސަބަބުން ވެރިކަމާ ދުރަށް ވަޑައިގަތުމަށް މަޖުބޫރުވި ރާޖަޕަކްސާގެ އާއިލާގެ އެއްވެސް ބޭފުޅަކަށް އާންމުންގެ ތާއީދު ނެތްނަަމަވެސް، ރައްޔިތުންގެ ގިނަ ބައިވަރު މީހުން ގަބޫލު ކުރަނީ ފަސޭހެ ގޮތަކަށް ރަނިލް ވެރި ކަމަށް ހޮވިވަޑައިގަތީ ރާޖަޕަކްސާ އާއިލާގެ ރޭވުމެއްގެ ތެރެއިން އެ އެއާއިލާގެ ތާއީދާއެކު ކަމަށެވެ. ހަގީގަތަކީ ވެސް އެއީ އެވެ.

"އޭނާ ހޮވާފައި ވަނީ ލަންކާގެ އާއްމުންގެ އެދުންތަކާ ދެކޮޅަށް. އޭނާ ވެރިކަމަށް އެ ގެނައީ ރާޖަޕަކްސާގެ އާއިލާއިން. ވިކްރަމަސިންހަ އިސްތިއުފާ ދެއްވަންދެން އަހަރުމެންގެ މި މަސައްކަތް ކުރިއަށް ގެންދާނަން" އިހުތިޖާޖު ކުރާ މީހުންގެ ގްރޫޕެއް ކަަމަށްވާ "އަރަގަލަޔާ" ގެ ފަރާތުން ވާހަކަ ދެއްކި ޖީވަންތާ ޕެއިރިސް ބުންޏެވެ.

ގައުމު ދޫ ކުރައްވާ ފިއްލަވާފައިވާ ކުރީގެ ރައީސު ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން މަޖުބޫރުކުރި އިހުތިޖާޖުތައް ކުރި މީހުން ގޮވާލަނީ ގޮޓާބަޔާ ސަރުކާރާ ކުޑަވެސް ގުޅުމެއް އޮތް އެއްވެސް ބޭފުޅަކު ވެރިކަމުގައި ހުންނަން ގަބޫލު ނުކުރާނެ ކަމަށެވެ.

ލަންކާއަށް އާ ރައީސަކު ހޮވަން އިއްޔެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގެ ނަތީޖާ އައިސްފައި އެމީހުން އެހައި ބޭނުންވި ގޮތަކަށް ނޫނެވެ. އެހެންވެ "ގޮޓާގޯގަމަ" އާއި "ގޮޓާގޯހޯމް" ގޮވައި ކޮލޮމްބޯގެ ގޯލްފޭސް ގްރީންގައި އަޑު ހަރުކުރާ މީހުންގެ އަނެއްކާވެސް ގޮވާލުމަކީ ލަންކާގެ ޒައާމަތަށް ވަޑައިގަންނަވަން ވާނީ މުޅިން އާ ބޭފުޅަކު ކަމަށެވެ.

މަޖިލީހުގައި 225 މެންބަރުން ތިއްބަވާއިރު އިއްުޔެގެ ވޯޓު އުމުރުފުޅުން 73 އަހަރުފުޅުގެ ރަނިލް ކާމިޔާބު ކުރައްވާފައި ވަނީ 134 ވޯޓުންނެވެ. ޔޫއެންޕީގެ ލީޑަރު ރަނިލްއަށް އެެންމެ ގިނަ ވޯޓުދެއްވާފައި ވަނީ ގާނޫނުޗހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރުވެސް އޮތް ރާޖަޕަކްްސާގެ ޕާޓީ، ސްރީލަންކާ ޕޮޑުޖަނަ ޕެރުމޫނާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އޭނާއާ ވާދަ ކުރެއްވީ ވެސް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެއީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އަލަހައްޕެރުމާ އެވެ.

އިއްޔެ ރާޖަޕަކްސާގެ އާއިލާއިން ތާއީދު ދިނީ ރަނިލްއާ ދެކޮޅަށް ވާދަކުރެއްވި ޑަލެސްއަށެެވެ. އެއީ ބޭރުފުށަށް ދައްކާލުމެކެވެ. އެ އާއިލާއިން ބޭނުންވި ގޮތަށް ވެރި ކަމަށް މިހާރު އެވަނީ ރަނިލް ގެނެސްފަ އެވެ.

"އަހަރުމެން ހުށަހެޅީ ޑަލެސް. އަހަރުމެން ވޯޓުލީ އޭނާއަށް. އެކަމަކު ދެރަވީ. ކޮންމެސް އެކަކު މޮޅުވާނީ!" ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާ ވިދާޅުވި އެވެ. "އެނާ [ރަނިލް] އަށް ގިނަ ވޯޓު ލިބިވަޑައިގަތީ. އެއީ ކަން ވީ ގޮތަކީ. އަހަރުމެން މިތިބީ މުސްތަގުބަލުގައި ކަން ވާނެ ގޮތެއްގެ އިންތިޒާރުގައި."

ލަންކާގެ މަސްރަހު އިހުނަށްވުރެ ގޯސް ވެދާނެ ކަމަށް ބައްލަވައި ރައީސް ރަނިލް ގެންދަވަނީ އާ ފިޔަވަޅުތަކެއް އަޅުވާން ތައްުޔާރުވެ ވަޑައިގަންނަވަމުންނެވެ. އެހެން ނަމަވެސް ލަންކާގައި އަދި އެފަދަ ގޮތަކަށް ކަންކަން ފަސޭހައިން ބަދަލުވެގެން ދާނެ ތަނެއް ނުފެންނަ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެ އެވެ. ސަބަބަކީ ސިޔާސީ މަސްރަހުގައި ސުރެންސުރެން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ބާރުވެރިކަން ފެތުރިފައި އޮތުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.