ތިމާވެއްޓަށް ގެއްލުން ދީގެން އައްޑޫ ކައުންސިލް 30.8 މިލިއަނުން ޖޫރިމަނާ

އީޕީއޭ އިން ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް ވެސް އައްޑޫ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

އައްޑޫ ސިޓީ ހިތަދޫ: ތިމާވެއްޓަށް ގެއްލުން ދިނުމުން ސިޓީ ކައުންސިލް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި --

އައްޑޫ ސިޓީ ސިތަދޫގައި އޮންނަ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ސިޓީ ކައުންސިލުން ވަނީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި، އެ ސަރަހައްދުގައި ފެންގަނޑެއް ކަނެ އަދި ގޮނޑުދޮށަށް ވެލި ވެސް އަޅައިފަ އެވެ. މި ކަމާގުޅިގެން އީޕީއޭއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެ އެޖެންސީ އިން ވަނީ މައްސަލަ ބަލައިފަ އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްފައި ބުނެފައި ވަނީ އެ ސަރަހައްދުގެ 17818.09 އަކަ މީޓަރުގެ ސަރަހައްދަކުން ބިން ސާފުކޮށްފައިވާ ކަމަށެވެ. އަދި 1712.26 ކޮޑިމީޓަރު ވެލި ނަގައި، ހިތުގެ ބައްޓަމަށް ފެންގަނޑެއް ވެސް ކޮނެފައިވާ ކަމަށެވެ.

މިއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގަވާއިދުގެ ދަށުން 30.8 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

އީޕީއޭ އިން ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް ވެސް އައްޑޫ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ތިމާވެއްޓަށް ގެއްލުން ދީގެން މީގެ ކުރިން ވެސް އެކި ކައުންސިލްތަކާއި ދައުލަތުގެ އިދާރާތައް އީޕީއޭ އިން ޖޫރިމަނާކޮށްފައިވެ އެވެ. މިފަދަ ގެއްލުންތަކަށް ނެގޭ އެންމެ ބޮޑު ބަދަލަކީ 100 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.