ތިން ސިނާއަތުގެ ތެރޭން އެންމެ ބޮޑު ކުރިއެރުނެއް ލިބިފައިވާ ކަމަށް ބުނަނީ ޓޫރިޒަމް ސިނާއަތެވެ. ސާވޭކޮށްފައި ވަނީ ޓޫރިޒަމްގެ މައި ސީޒަންތެރޭގައި ކަމަށްވުމުން ޓޫރިޒަމް އާމްދަނީ އިތުރުވެ އަދި މުވައްޒަފުންގެ އަދަދު ވެސް މައްޗެވެ،
މިދިޔަ އަހަރުގެ ފަހު ކްއާޓަރާ ހަމައަށް އައިއިރު ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުގެ ވިޔަފާރި ފުޅާވި ނަމަވެސް މައިގަނޑު ކަންބޮޑުވުމަކީ އަގު އުފުލުން ކަމަށް މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 25 އިން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭގައި ރާއްޖޭގެ އެންމެ ބޮޑު 194 ވިޔަފާރިއަށް ސުވާލު ކަރުދާސް ފޮނުވައިގެން 68 ޕަސެންޓަށްވުރެ ބޮޑު ބައެއް ސާވޭގައި ބައިވެރިވެފައިވެ އެވެ.
މި ސާވޭގައި ހޯލްސޭލް / ރީޓެއިލް ވިޔަފާރިތަކާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ދާއިރާގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތަކުން ބައިވެރިވެފައިވެ އެވެ.
ސާވޭގައި ބައިވެރިވި ހުރިހާ ވިޔަފާރިތަކަކުން ވެސް ބުނެފައިވަނީ ވިޔަފާރިތަކުގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ދުވެލި މަޑުކަމަށް ފާހަގަކޮށްފައިވާ ވިޔަފާރިތަކަކީ ކޮންސްޓްރަކްޝަން ދާއިރާ އެވެ. މި ދާއިރާގެ ކުރިއެރުން މެދުމިނެއްގައި ހުރި ކަަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައިވެ އެވެ.
ރާއްޖޭގެ މައިގަނޑު މި ތިން ސިނާއަތުގެ ތެރޭން އެންމެ ބޮޑު ކުރިއެރުނެއް ލިބިފައިވާ ކަމަށް ބުނެފައިވަނީ ޓޫރިޒަމް ސިނާއަތެވެ. މި ސާވޭކޮށްފައިވަނީ ޓޫރިޒަމްގެ މައި ސީޒަންތެރޭގައި ކަމަށްވުމުން ޓޫރިޒަމް އާމްދަނީ އިތުރުވެ އަދި މުވައްޒަފުންގެ އަދަދު ވެސް މަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޓޫރިޒަމް ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ކުއާޓަރު މި އަހަރުގެ ފުރަތަމަ ތިން މަހު ޓޫރިޒަމް ސިނާއަތުގެ އަގުތަކާއި ލިބޭ އާމްދަނީ ހުންނާނީ މެދުމިންވަރެއްގައި ހިފެއްޓިފަ އެވެ. އަދި ކޮންސްޓްރަކްޝަން ސިނާއަތް ރަނގަޅުވާނީ ކުޑަ މިންވަރެކެވެ.