ބްލިންކެން މިއަދު މެދުއިރުމައްޗަށް ވަޑައިގަންނަވާނެ

ބްލިންކެންގެ ދަތުރުފުޅުގައި ފަލަސްތީނު ރައީސް ރައީސް މަހްމޫދު އައްބާސާ ބައްދަލުކުރެއްވުމަށް ރަމަالله އަށް ވެސް ދަތުރު ކުރައްވާނެ އެވެ.

ބްލިންކެން ގާހިރާގައި ހުންނަ އެމެރިކަން ޔުނިވާސިޓީގައި މަޑުކޮށްލައްވައި ވާހަކަފުޅު ދައްކަވަނީ

ގާހިރާ (ޖެނުއަރީ 29) - އިޒްރޭލާއި ފަލަސްތީނުގެ ރައްޔިތުންނާ ހަމަނުޖެހުންތައް ބޮޑުވެފައިވާ ވަނިކޮށް މެދުއިރުމައްޗަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިއަދު ގުދުސަށް ވަޑައިގަންނަވާނެ އެވެ.

ބްލިންކެން ގުދުސަށް ވަޑައިގަންނަވާއިރު ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ސަރުކާރާއެކު އިޒްރޭލާއި މެދުއިރުމަތީގެ ގުޅުން ހަރާބުވެ ފަލަސްތީނުންނާއެކު އޮތް ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފަ ވެއެވެ.

މިދިއަ ހުކުރު ދުވަހު ގުދުސްގެ ސަރަހައްދެއްގައި ބަޑި ބޭނުން ކޮށްގެން ފަލަސްތީނު މީހަކު އިޒްރޭލުގެ ބަޔަކު މަރާލި މައްސަލަ ހޫނުވެފައިވާއިރު މިއީ 2008 ވަނަ އަހަރަށް ފަހު ގުދުސް ސަރަހައްދުގައި އިޒްރޭލުގެ ބަޔަކަށް ނިސްބަތްކޮށް ފަލަސްތީނުގެ މީހަކު ދިން  އެންމެ ބޮޑު ހަމަލާ އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާބާދުތައް ފުޅާ ކުރަން ބޭނުންވާ ސަރުކާރެއްގެ ވެރިކަމަކާއެކު ދެން ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލު ކުރެއްވި ނަމަވެސް، ބްލިންކެން ވަނީ ހަމަޖެހުމަށް އެމެރިކާ ގޮވާލާ ގޮވާލުންތައް ތަކުރާރުކޮށް، ދެ ދައުލަތެއްގެ ހައްލަކަށް ވޮޝިންޓަނުން ތާއީދު ކުރާ ކުރުމަށް ބާރުއަޅުއްވާނެ ކަން އިއުލާން ކުރައްވާފަ އެވެ. 

ބްލިންކެންގެ ދަތުރުފުޅުގައި ފަލަސްތީނު ރައީސް ރައީސް މަހްމޫދު އައްބާސާ ބައްދަލު ކުރެއްވުމަށް ރާމަﷲ އަށް ވެސް ދަތުރު ކުރައްވާނެ އެވެ.    

މިސްރާއެކު ވާހަކަތައް ބާއްވަވާނެ

މެދުއިރުމައްޗަށް ވަޑައިގަތުުމުގެ ކުރީން ބްލިންކެން ވަނީ މިސްރަށް ވަޑައިގެން ހުކުރު ދުވަހު ގާހިރާގެ އެމެރިކަން ޔުނިވާސިޓީގައި މިސްރުގެ ޒުވާން ލީޑަރުންނާ ބައްދަލު ކުރައްވާ، މިސްރާއެކު ވޮޝިންޓަންގެ ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ހަރުދަނާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ވަގުތެއްގައި ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ފޮރިން މިނިސްޓަރު ސަމީހު ޝައުކްރީއާ ބައްދަލު ކުރައްވާ ސޫދާނުން ޑިމޮކްރަސީއަށް ބަދަލުވުމާއި ލީބިޔާގެ އިންތިހާބުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

ރައީސް ޖޯ ބައިޑެންގެ ވެރިކަމުން ވަނީ މިސްރަށް ދޭ ބައެއް އަސްކަރީ އެހީ ހިފަހައްޓާފަ އެވެ. އަދި ކޮންމެ އަހަރަކު ވޮޝިންޓަނުން މިސްރަށް ފޮނުވާ 1.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ބޮޑު ބައެއް އަދިވެސް އެބައޮތެވެ. ރައީސް ކަމަށް 2014 ވަނަ އަހަރު ވަޑައިގެންނެވި ސީސީ ވިދާޅުވެފައި ވަނީ މިސްރުގައި ސިޔާސީ ގައިދީއަކު ނެތް ކަމަށެވެ. ސަރުކާރުން އިންސާނީ ހައްގުތައް ވެސް ކުރިއަރުވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.