އެ ސަރަހައްދުގައި ވޯޓް ގުނުމުގެ ތައްޔާރީތައްވެ ވޯޓްފޮށި ކަނޑާ ވޯޓް ކަރުދާސްތައް މޭޒު މައްޗަށް އަޅާލި ތަނާ ދެ މީހަކު ވަނީ އެ ތަނަށް ވަދެގަނެ ވޯޓް ކަރުދާސްތައް އުކާލާފައެވެ. އެ ދެ މީހުން މިހާރު ވަނީ ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.
އިސްކަންދަރު ސުކޫލުގައި ބަހައްޓާފައިވާ މާލޭގައި ދިރިއުޅޭ ހިންނަވަރުގެ ރައްޔިތުން ވޯޓްލީ ވޯޓްފޮށި ކަނޑާ ވޯޓް ގުނަން ތައްޔާރުވެފައި ވަނިކޮށް އެތަނަށް ވަދެގަތް ދެ މީހަކު ވޯޓް ކަރުދާސްތައް އުކާލައިފި އެވެ.
އެ ސަރަހައްދުގައި ވޯޓް ގުނުމުގެ ތައްޔާރީތައްވެ ވޯޓްފޮށި ކަނޑާ ވޯޓް ކަރުދާސްތައް މޭޒު މައްޗަށް އަޅާލި ތަނާ ދެ މީހަކު ވަނީ އެ ތަނަށް ވަދެގަނެ ވޯޓް ކަރުދާސްތައް އުކާލާފައެވެ. އެ ދެ މީހުން މިހާރު ވަނީ ހައްޔަރު ކޮށްގެން ގެންގޮސްފައެވެ. މިކަން ހިނގުމުގެ ކުރީން އެ މަރުކަޒުގައި ކަންކަން ދިޔައީ ވަރަށް އަމާންކަމާ އޮމާންކަމާ އެކުއެވެ.
އެ ދެ މީހުން ވަދެ ވޯޓްކަރުދާސްތައް އުކާލުމާއެކު ފުލުހުންގެ ބޮޑު ޓީމެއް ވަނީ އެ ސަރަހައްދަށް އައިސް އެ ދެ މީހުން ހައްޔަރު ކޮށްފައެވެ. އެއީ އެމްޑީޕީގެ މެންބަރުން ކަމެއް ސާފެއް ނޫނެވެ.
ހިންނަވަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވާ ރަށެވެ. ހިންނަވަރު ފޮށިން މަކަރު ހަދާ އިންތިހާބުން މޮޅުވާން ރައީސް ސޯލިހް މަސައްކަތް ކުރާނެ ކަމަށް ތުހުމަތުކޮށް ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ކުރީން ވަނީ ވާހަކަ ދައްކާފައެވެ. އެ މަރުކަޒުގެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށްވެސް ބުންޏެވެ.
މައްސަލަ ހައްލު ކުރަން ޕްރައިމަރީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރުން މިހާރު ދަނީ އެ މަރުކަޒުގައި ހަރަކާތްތެރި ވަމުންނެވެ. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުވެސް އެވަގުތު އެ މަރުކަޒުގައި ހުންނެވި އެވެ.
މަރުކަޒުގައި ތިބި ނަޝީދުގެ ސަޕޯޓަރުން ވަނީ ރައީސް ސޯލިހާއި ދެކޮޅަށް އަޑުއުފުލާފައެވެ. ރައީސް ސޯލިހްގެ ސަޕޯޓަރުން ވަނީ ނަޝީދާއި ދެކޮޅަށް އަޑުއުފުލާފައެވެ.
އުކާލި ކަރުދާސްތައް ނަގާ ގުނަން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.