ލިބިފައިވާ ނަތީޖާތަކުން ބޮޑު ތަނުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިހާތަނަށް ސާފު ކުރެވުނު ނަތީޖާއިން ރައީސް ނަޝީދަށް ވުރެ ރައީސް ސޯލިހަށް ލިބިވަޑައިގެން ވޯޓްގެ އަދަދު 40 ޕަސެންޓް އިތުރުވެ.
އެމްޑީޕީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރަައީސް / އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާ ރިޔާސީ ޕްރައިމަރީގެ ވޯޓް ގުނަން ފަށައިފި އެވެ.
ނަމަވެސް ބައެއް ވޯޓް ފޮށިތައް އަދި ބަންދެއް ނުކުރެވެއެވެ. އެއީ ވަގުތަށް ވޯޓްލާންް ނުފެށުނު ތަންތަނާއި އެކި ސަބަބުތަކާއި ގުޅިގެން ވޯޓްލުން މެދުކެނޑުނު ފޮށިތަކެވެ. އެ ފޮށިތައް ބަންދު ކުރެވޭނެ ކަމަށް ބެލެވެނީ ހަތެއް ޖަހާއިރު އެވެ. ނަމަވެސް ގިނަ ވޯޓްފޮށިތައް މިހާރު ގުނަމުންދާއިރު ބައެއް ވޯޓްފޮށިތަކުގެ ނަތީޖާތައް މިހާރު ދަނީ ލިބެމުންނެވެ. ލިބިފައިވާ ނަތީޖާތަކުން ބޮޑު ތަނުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިހާތަނަށް ސާފު ކުރެވުނު ނަތީޖާއިން ރައީސް ނަޝީދަށް ވުރެ ރައީސް ސޯލިހަށް ލިބިވަޑައިގެން ވޯޓްގެ އަދަދު 40 ޕަސެންޓް އިތުރުވެ.
ވޯޓް ގުނުން ކުރިއަށްދާއިރު ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ކާމިޔާބު އިއުލާނު ކުރައްވާފައެވެ. ދެ ރައީސުންގެ ކެމްޕެއިން ޓީމުން ކާމިޔާބު އިއުލާނު ކޮށްފައިވަނީ އެގްޒިޓް ޕޯލްތަކަށް ބިނާކޮށެވެ.
ފުރަތަމަ ކާމިޔާބު އިއުލާނު ކުރެއްވީ ރައީސް ނަޝީދުގެ ޓީމުންނެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން އެޖެންޑް / ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުން 64.7 ޕަސެންޓް ވޯޓާއެކު ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ.
"އަލްހަމްދުﷲ، ރައީސް މުހައްމަދު ނަޝީދު މި އިންތިހާބު ކާމިޔާބު ކުރައްވައިފި،" ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ "އެމްޑީޕީ ކުރިއަށް" ކެމްޕެއިން ޓީމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް ސޯލިހް 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށެވެ.
"މަރުހަބާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް،"