ހަމަނުޖެހުމުގެ ތެރެއިން ވޯޓް ކަރުދާސްތައް ވަނީ އުކާލާފައެވެ. އަދި ވަރަށް ގިނަ ވޯޓް ކަރުދާސް ވަނީ އިރާލާފައެވެ. މި ވަގުތު ވޯޓް ލުންވެސް އޮތީ ހުއްޓިފައެވެ.
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫގައި ބޮޑު ހަމަނުޖެހުމެއް އުފެދި ވޯޓްލުން ހުއްޓިއްޖެ އެވެ.
ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޒާހިރު ދެންމެ ވިދާޅުވީ އެ ރަށުގައި މައްސަލަ ބޮޑުވީ ބޮޑީ ކެމެރީ އަޅައިގެން ހުރި މީހަކު ވޯޓް ލުމުން ކަމަށެވެ. އެ މައްސަލަ ބޮޑުވެ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން ބޮޑުވެ ހަމަނުޖެހުމެއް އުފެދިފައެވެ.
ހަމަނުޖެހުމުގެ ތެރެއިން ވޯޓް ކަރުދާސްތައް ވަނީ އުކާލާފައެވެ. އަދި ވަރަށް ގިނަ ވޯޓް ކަރުދާސް ވަނީ އިރާލާފައެވެ. މި ވަގުތު ވޯޓް ލުންވެސް އޮތީ ހުއްޓިފައެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގިނަ ރަށްތަކުގައި ސުލްހަވެރިކަމާއެކު ވޯޓްލުން ދަނީ ހިނގަމުންނެވެ.
ނަމަވެސް މާލެ އާއި ބައެއް ރަށްރަށުގައި ގިނަ މައްސަލަތަކެއް ވަނީ ޖެހި ވޯޓްލުން ދޭތެރެ ދޭތެރެއިން ހުއްޓެއެވެ. މުންޑޫގައި ރައީސް ނަޝީދުގެ އޮފިޝަލުން ނެތި ވޯޓްލުން ފެށި މައްސަލައަކާއި ހޯންޑެއްދޫގައި ވޯޓާސް ލިސްޓްގައި ނެތް މީހަކު ވޯޓްލީ މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ.
މަޑެވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވި ގޮތުގައި ވޯޓްލާފައިވަނީ މާލޭގައި ހުރި ދަރިފުޅުގެ ބަދަލުގައި އޭނާގެ މަންމަ އެވެ. އޭނާ ވަނީ ވޯޓް ލުމުގެ ކުރީން ކަރުދާސްވެސް ދައްކާ ވޯޓްގެ ސިއްރުކަން ގެއްލުވާލާފައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ގއ. ވިލިގިލީ ފޮއްޓަށް ވެސް ލިސްޓްގައި ނެތް ދެ މީހަކު ވޯޓްލީ މައްސަލައެއް ފެންމަތިވެ އެ ރަށުގައިވެސް ވޯޓްލުން ވަނީ ހުއްޓިފައެވެ.