ދިރާގުޓީވީގެ ކަސްޓަމަރުން އެސްއެސް ނެޓަށް ބަދަލުވާން ފުރުސަތު

ދިރާގު ޓީވީގެ ހިދުމަތް މިމަހުގެ 29 ގެ ފަހުން ހުއްޓާލާނެ އެވެ. އޭގެ ފަހުން އެ ޓީވީގެ ހިދުމަތް ދޭނީ އެސްއެސް ނެޓުންނެވެ. ކަސްޓަމަރުން ބަދަލުވާން ފުރުސަތެއް މިހާރު ވަނީ ދީފަ އެވެ.

އެސްއެސް ނެޓަށް ލިބުނު ލައިސަންސްއާއެކު އެ ކުންފުނީގެ ސީއީއޯ މޮންދު އަދި ބައެއް މުވައްޒަފުން -- އެސްއެސް ނެޓް

ބްރޯޑްކޯމް އިން ހެދި ގަވާއިދަކާއެކު ދިރާގަށް ޓީވީގެ ހިދުމަތް ބަންދުވި އެވެ. އެހެންވެ އެ ކުންފުނީގެ ކޭބަލް ޓީވީގެ ހިދުމަތުގެ ސެޓަޕްއެއްކޮށް ގަތީ ޓޫރިޒަމްގައި މަޝްހޫރު އަހުމަދު ސިޔާމް މުހައަމަދު -- ސަން ޓްރެވަލް ސިޔާމްގެ އެސްއެސް ނެޓުންނެވެ. އެ ކުންފުނިން ވަނީ ދިރާގު ކަސްޓަމަރުންގެ ހިދުމަތް ނުކެނޑި އެސްއެސް ޓީވީ އަށް ރަޖިސްޓްރީ ކުރަން ހުޅުވާލާފަ އެވެ.

އެސްއެސް ނެޓްގެ އޮޕަރޭޝަން ހިންގެވުމުގައި ސީއޯއޯގެ ގޮތުން، އެންމެ އިސްކޮށް އުޅުއްވާ ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި ދިރާގު ކަސްޓަމަރުންގެ ޓީވީ ހިދުމަތަށް ބުރާ އެރުމެއް ނެތި އެ ކުންފުނީގެ ހިދުމަތަށް އެނބުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ދިރާގުން މިހާރުވާނެ ކަސްޓަމަރުންގެ ފޯނަށް މެސެޖެއް ނޫނީ މެއިލްއިން ފޮނުވާފަ ޖޮއިން ކުރެވޭ ލިންކް. އޭގައި އިންނާގެ ކަސްޓަމަރުންގެ ޓީވީ ނަމްބަރު،" މޮންދު ވިދާޅުވި އެވެ.

ދިރާގުން މިހާރުވާނެ ކަސްޓަމަރުންގެ ފޯނަށް މެސެޖެއް ނޫނީ މެއިލްއިން ފޮނުވާފަ ޖޮއިން ކުރެވޭ ލިންކެއް، އޭގައި އިންނާގެ ކަސްޓަމަރުންގެ ޓީވީ ނަމްބަރު

މުހައްމަދު އާސިފް | އެސްއެސްނެޓުގެ ސީއީއޯ

އެސްއެސް ނެޓް އިއުލާނު ކުރި ހަބަރު "މި" ނޫހުގައި ރިޕޯޓްކޮށްފައި

 ދިރާގުގެ ޓީވީ ކަސްޓަމަރުންނަށް ފޮނުވާފައިވާ މެސެޖުގައި ވަނީ މިމަހު 29 ގެ ފަހުން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލާނެ ކަމަށާ އެހެންވެ އެސްއެސް ޓީވީއަށް ރަޖިސްޓްރީ ކުރަން އެދޭ ކަމަށެވެ. އެ މެސެޖުގައި ހިމަނާފައިވާ ލިންކުން އެސްއެސް ނެޓަށް ޖޮއިން ކުރެވެ އެވެ. ހަމައެކަނި އޭގައި ހިމަނާލަން ޖެހޭ މައުލޫމާތަކީ ޓީވީގެ ހިދުމަތް ނަގާފައިވާ ފަރާތުގެ ޕާސަނަލް ބައެއް މައުލޫމާތެވެ.

އާސިފް ވިދާޅުވި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން އެސްއެސް ނެޓަށް ޓީވީގެ ހިދުމަތް ބަދަލު ވެގެންދާނެ އެވެ.

"އެހެންވެ އަޅުގަނޑުމެންނާ ގުޅިވަޑައިގެންނަވާ ދިރާގު ޓީވީގެ ކަސްޓަމަރުންގެ ކިބައިން އެދެން ޖޮއީބޮކްސް [ޓީވީ ލިބޭ ފޮށި] އޮންކޮށްފައި ބަހައްޓައި ދޭން. އޭރުން ބަދަލުވާން އަންނަ އަޕްޑޭޓް ޕުޝް ވެގެން ދާނެ އޮޓަމެޓިކުން. އެ ރެއިން ފެށިގެން އަޅުގަނޑުމެންގެ ލޯގޯ ވެސް ފެންނަން ހުންނާނެ،" މޮންދު ވިދާޅުވި އެވެ.  

އެސްއެސް ނެޓް ޓީވީ

  • 1.އަންނަ މަހުގެ އެކައުން ރަސްމީކޮށް ފެށޭނެ
  • 2.މިމަހުގެ 29 ގެ ފަހުން ދިރާގު ޓީވީ ނިވޭނެ
  • 3.އެސްއެސް ނެޓަށް ބަދަލުވާން ފީއެއް ނުނަގާނެ
  • 4.އަންނަ މަހު އެސްއެސްނެޓުގެ އަގުތައް އިއުލާނު ކުރާނެ
ދިރާގު ޓީވީއަށް ދިމާވި ގާނޫނީ މައްސަލަ "މި" ނޫހުގައި ރިޕޯޓްކޮށްފައި

އެސްއެސް ނެޓުން ވަނީ ޓީވީގެ ހިދުމަތް ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް ލުއި ގޮތްތަކެއްގައި ދޭން ނިންމާފަ އެވެ. އެ ކުންފުނީގެ ޕެކޭޖުތަކުގެ އަގުތައް އިއުލާނު ކުރާނީ އަންނަ މަހު އެވެ. އެ އަގުތައް ވެސް މިހާރު ދިރާގު ކަސްޓަމަރުން ޖީބުން ހޭދަކުރާ އަދަދުތަކަށް ވުރެ ބޮޑު ނުވާނެކަމުގެ ޔަގީންކަން އާސިފު ދެއްވި އެވެ. 

"އަޅުގަނޑުމެންގެ އިލްތިމާސަކީ ފަހު ވަގުތަށް މަޑު ނުކޮށް އަވަހަށް ރަޖިސްޓްރީ ކޮށްލަން. ވޭތުވެދިޔަ ތިން ދުވަހަށް ބަލާނަމަ ވެސް ގިނަ ބަޔަކު ދަނީ އެސްއެސް ނެޓުގެ ހިދުމަތް ނަގަމުން،" މޮންދު ވިދާޅުވި އެވެ. 

އެސްއެސް ނެޓް ކޮންބައެއް؟ - ސިޔާމްގެ މި ކުންފުނި އުފައްދާފައި ވަނީ މި އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ. އެ ކުންފުނީގެ ޑިރެކްޓަރުގެ ގޮތުގައި ތިއްބަވަނީ ސަން ޓްރެވަލް ސިޔާމްގެ ދަރިކަލެއް ކަމަށްވާ ފާތުމަތު ޝަރައު ޝިޔާމް އާއި ޝަބީބު ޝިޔާމް މުހައްމަދުގެ އިތުރުން ސަން ގްރޫޕުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ ސަން ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު ޒުލެއިހާ މަނިކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.