ތަކަންދޫ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް

މިއަދު އޮތް އިންތިހާބުގައި ވާދަކޮށްފައި ވަނީ އެމްޑީޕީގެ ފާތިމަތު ޝައުފާ އާއި އަމިއްލަ ގޮތުން ފަހީމާ މުހައްމަދެވެ. ފަހީމާއަށް ލިބުނީ 203 ވޯޓެވެ. ޝައުފާ ވަނީ 237 ވޯޓް ހޯދާފައެވެ.

ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ގައި ވާދަކުރި ދެ ކެންޑިޑޭޓުން

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކޮށްފި އެވެ.

ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރަން ޖެހުނީ ކުރީން މެންބަރަކަށް ހުންނެވި ޒާހިޔާ އަލީ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިންތިހާބު ވީވެސް އެމްޑީޕީގެ ޓިކެޓްގައެވެ.

މިއަދު އޮތް އިންތިހާބުގައި ވާދަކޮށްފައި ވަނީ އެމްޑީޕީގެ ފާތިމަތު ޝައުފާ އާއި އަމިއްލަ ގޮތުން ފަހީމާ މުހައްމަދެވެ. ފަހީމާއަށް ލިބުނީ 203 ވޯޓެވެ. ޝައުފާ ވަނީ 237 ވޯޓް ހޯދާފައެވެ.

ސައްހަ ވޯޓްގެ އަދަދަކީ 440 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 8 ވޯޓް ގުނާފައިވެއެވެ. މި އިންތިހާބުގައި 675 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވިއެވެ. ވޯޓްލީ މީހުންގެ އިންސައްތައަކީ 66.37 ޕަސެންޓެވެ.

ތަކަންދޫ ކައުންސިލްގައި މެޖޯރިޓީ އޮންނަނީ އެމްޑީޕީ އެވެ. ތިން ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު ދެ ކައުންސިލަރުން އިންތިހާބުވީ އަމިއްލަ ގޮތުންނެވެ.

ކޮމެންޓް

1
450
ނުރަބޯ
1 year ago

ތިޔަ ކައުންސިލް ތަކަކީ ބޭނުމެއްނެތް އަދި އޭގެއިން ރައްޔިތުންނަށް އެއްވެސް ފައިދާއެއްނެތް ތަންތަން، ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މައްޗަށް ބާރުފޯރުވާ ހަތިޔާރެއް. ދައުލަތަށްވެސް ބުރައެއް. ވީމާ ކައުންސިލްތައް ވީ އުވާލަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.