ޝިއާއުގެ މަރު: ޝާހިލްގެ ޝަރީއަތް އާދިއްތާގައި

ޝިއާއު މަރާލިކަމުގެ ތުހުމަތު އުފުލާފައި ވަނީ އޭނާގެ އެކުވެރިޔާ / ލޯބިވެރިޔާ، ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ، 22 ގެ މައްޗަށެވެ. ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. ދައުވާކޮށް މައްސަލަ ކޯޓަށް ފޮނުވީ ޑިސެންބަރު 28 ގައެވެ.

ޝިއާއު މުހައްމަދު ސައީދު: އޭނާގެ މަރުގެ މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށާނެ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 ގެ މަރުގެ މައްސަލާގެ ޝަަރީއަތް ފެށުމަށް ކްރިމިނަލް ކޯޓްގެ ތާވަލަށް ލައިފި އެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތު އުފުލާފައި ވަނީ އޭނާގެ އެކުވެރިޔާ / ލޯބިވެރިޔާ، ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ، 22 ގެ މައްޗަށެވެ. ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. ދައުވާކޮށް މައްސަލަ ކޯޓަށް ފޮނުވީ ޑިސެންބަރު 28 ގައެވެ.

ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ ތާވަލު ބުނާ ގޮތުން ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށާނެ އެވެ. ފަސް ދައުވާގެ ޝަރީއަތްވެސް އޮތީ އެ ދުވަހު ހެނދުނު 11 ގައެވެ. އަޑުއެހުން ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.

ދައުލަތުންވެސް ވަނީ އެ ގޮތަށް ކޯޓްގައި އެދިފައެވެ. މައްސަލަ ސިއްރުކުރަން އެދުނީ ޝިއާއުގެ އާއިލާގެ މަސްލަހަތަށްޓަކައި ދައުލަތުން ބުންޏެވެ.

ޝާހިލް: ހައްޔަރު ކުރި އިރު ހުރީ މަސްތު ވެގެން

ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުރިހާ ތަފްސީލެއް ދައުލަތުން ނުދެއެވެ. ދައުލަތުން ބުނި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ މި ފަސް ދައުވާގެ ތެރޭގައި ހިމެނެ އެވެ. މައްސަލައިގެ ބާވަތުން ދެން ހުރި ދައުވާތައް އާންމު ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ ތާވަލްގައިވެސް މައްސަލައިގެ ބާވަތް ހިމަނާފައެއް ނުވެއެވެ.

ސާހިލް ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލުމަށްފަހު ޝިއާއު މަރާލާފައި އޮއްވާ ފެނުނު ކްރައިމް ސީން އިންނެވެ. އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ. އަދި ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުނެފައިވެ އެވެ. މި މައްސަލައިގައި ޝިއާއު މަރާލުމުގެ "މޯޓިވް" އަކީ ކޮބައިކަން ދެނެގަންނަން ފުލުހުން ތަހުގީގު ދިގުދަންމާލައިފައިވެ އެވެ.

މިއީ ދިވެހި ތާރީހުގައިވެސް ހިންގި އެންމެ އަނިޔާވެރި / ރަހުމްކުޑަ އެއް ގަތުލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.