ހުކުމް ޖެހީ ޕީއެސްއެމުން މީޑިއާނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން

ފައިސާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ހުކުމުގައި ބަޔާން ކޮށްފައި އޮވެ އެވެ.

ޕީއެސްއެމް: މީޑިއާނެޓަށް 9.3 މިލިއަން ދައްކަން ވަނީ ހުކުމް ކޮށްފައި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މީޑިއާނެޓް މެދުވެރިކޮށް ހޯދާފައިވާ ހިދުމަތަށް 9.3 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

މީޑިއާނެޓާއި ޕީއެސްއެމް އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ޕީއެސްއެމުން ހިދުމަތް ހޯދަމުން އައި ނަމަވެސް، ފައިސާ ނުދައްކާތީ މީޑިއާނެޓުން ވަނީ ކޯޓުގައި ޕީއެސްއެމްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. އެގޮތުން ހިދުމަތުގެ އަސްލު އަގުގެ ގޮތުގައި 5.6 މިލިއަން ރުފިޔާގެ އިތުރުން އިންޓްރެސްޓްގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ހޯދަން މީޑިއާނެޓުން ދައުވާ ކޮށްފައިވެ އެވެ.

ޕީއެސްއެމް އިން ވަނީ ހޯދި ހިދުމަތުގެ އަސްލު އަގު ދޭން ކޯޓުގައި އެއްބަސްވެފަ އެވެ. އެކަމަކު އިންޓްރެސްޓްގެ ގޮތުގައިވާ ކަނޑައަޅާފައިވާ ފައިސާ ދައްކަން އިންކާރު ކުރެ އެވެ. 

ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހިދުމަތުގެ ފައިސާ ނުދައްކާނަމަ އިންޓްރެސްޓް ފައިސާ ނަގަމުންދާނެ ކަމަށް ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، މީޑިއާނެޓުން އެދުނު ގޮތަށް 9.3 މިލިއަން ރުފިޔާ ޕީއެސްއެމް އިން މީޑިއާނެޓަށް ދައްކަން ޖެހޭނެ ކަމަށެވެ. 

އަދި އެ ފައިސާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.  

މިއީ ޕީއެސްއެމްއަށް މިފަދަ ގޮތަކަށް ކުންފުންޏަކަށް ފައިސާ ދައްކަން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެކި ފަހަރު މަތިން ކޯޓުތަކުން ޕީއެސްއެމްގެ މައްޗަށް ހުކުމްތައް ކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.