މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، ވިލުފުށީގައި އެއާޕޯޓް އަޅަން ފައިސާ ލިބިއްޖެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ވައިގެ މަގުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ވީ ވައުދުގެ މުހިންމު އަމާޒުތަކެއް ހާސިލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހް، ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއާ ސަލާމް ކުރައްވާއިރު އަރިހުގައި މިނިސްޓަރު ފައްޔާޒް،

ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާނު ކުރައްވައިފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ވައިގެ މަގުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ވީ ވައުދުގެ މުހިންމު އަމާޒުތަކެއް ހާސިލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ހޯރަފުށީ އެއާޕޯޓް ނިންމައި ބޭނުން ކުރަން ފެށިއްޖެ ކަމަށް ވިދާޅުވެ ފަރެސްމާތޮޑާ އެއަޕޯޓުވެސް އަޅާ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާފަރު ބައިނަލްއަގްވާމީ އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް މޯބިލައިޒް ކުރެވިފައިވާ ކަމަށެވެ. އޭގެ ފަހަށް ދެން ވިދާޅުވީ މި ސަރުކާރުން އެއާޕޯޓް އަޅަން ނިންމި ހަ ރަށުގެ ތެރެއިން ހަތަރު ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

"މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއާޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ. މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ނީލަމަށް ހުޅުވާލެވިއްޖެ. ދެން އޮތީ މަސައްކަތް ފެށުން،" ހދ އާއި ހއ ގެ ގިނަ ރަށްތަކެއް ތަމްސީލުވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާ ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ ރ. އަތޮޅުގައި އަޅާ އެއާޕޯޓްގެ މަސައްކަތް ނިމުމުން ޑޮމެސްޓިކް އެއާޕޯޓްތަކުން މުޅި ރާއްޖެ ވައިގެ މަގުން ގުޅާލައި ނިމޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތާއި ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއެކު ފުރިހަމަ ވާނީ ފުރިހަމަ އިގްތިސާދެއްގެ މޮޑެލްއެއް ކަމަށެވެ.

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ދެތީން ފަހަރެއްގެ މަތީން އިއުލާނު ކުރި އެވެ. ޑިސެންބަރު 20، 2021 ގައި ކުރި އިއުލާނު ވަނީ އެއާޕޯޓްތައް ހަދާނެ ރަށްތަކާއި އެކަމަށް ހޭދަވާނެ މިންވަރު ހާމަކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އޭރު ބުނި ގޮތުގައި ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް / ބިން / ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމަށް / ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

  •  ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  •  ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  •  ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  •  ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  •  ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  •  ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރަން ފައިނޭންސް ކުރަން ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހަޅަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ތިން ކުންފުންޏަކާއެކު ޕްލޭނިން މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

ނަމަވެސް މިރޭގެ ވާހަކަފުޅުގައި ހަތަރު ރަށުގައި އެއާޕޯޓް އަޅަން ފައިސާ ހަަމަޖެހުނު ގޮތެއް ރައީސް ވިދާޅެއް ނުވެއެވެ. އެކަމަކު އެއާޕޯޓްގެ ވާހަަކަ ދެއްކެވުމަށް ފަހު ވިދާޅުވީ ބައެއް މަޝްރޫއުތަކަކީ އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. އަދި އިންޑިއާ އަކީ އެކި ދާއިރާތަކުން ވަރަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށް ދެމުންދާ ގައުމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.