ދިއްދޫއިން ހޫނު މަރުހަބާއެއް، އިިދިކޮޅުގެ އަޑު ރައީސަށް އިއްވަން ހުރަސް

ހޯރަފުއްޓާއި އިހަވަންދޫ އަދި ކެލަޔާ ދިއްދޫ ތަފާތެވެ. އެންމެ ފުރިހަމަ އެއް މަރުހަބާއެއް ކީ ދިއްދޫ އިންނެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުންގެ ދިގު ސަފުތަކުގެ ފަހަތުގައި އިދިކޮޅުގެ ސަޕޯޓަރުން ދިޔައީ ވަރުގަދައަށް އަޑުއުފުލަމުންނެވެ.

ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގަތުން: ސަޕޯޓަރުންގެ ހޫނު މަރުހަބާއާ އެކު އިދިކޮޅުގެ އަޑުވެސް ދިޔައީ އިއްވަމުން --

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރުގެ ތިން އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދުގެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ އެންމެ އުތުރުގެ ވެރި ރަށް ދިއްދޫ އަށެވެ.

އޭގެ ކުރީން އެެމަނިކުފާނު ވަނީ މި އަތޮޅުގައި ދެން އެންމެ އާބާދީ ބޮޑު ތިން ރަށް ކަމަށްވާ ހޯރަފުއްޓާއި އިހަވަންދޫ އަދި ކެލައަށްވެސް ވަޑައިގެންފައެވެ. ތިން ރަށުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އިހަަވަންދޫގެ ބަނދަރުގެ އެކި ހިސާބުގައި ރައީސަށް ފެންނާނެހެން މަލާމާތުގެ އެކި އިބާރާތް ހިމެނޭ ފޮތިގަނޑުތަކެއް ދަމާފައި ހުއްޓެވެ. ރައީސް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ނުފުއްދި ހުރި ވައުދުތަކަށް އެކި ގޮތްގޮތަށް ޖޯކު ޖަހާ އެކި އިބާރާތްތައް އެ ފޮތިގަނޑުތަކުގައި ވަނީ ލިޔެފައެވެ.

ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގަތުން: ސަޕޯޓަރުންގެ ހޫނު މަރުހަބާއާ އެކު އިދިކޮޅުގެ އަޑުވެސް ދިޔައީ އިއްވަމުން --

އެ ނޫނީ މި ތިން ރަށުން ރައީސާ ދެކޮޅު އެއްވެސް ޝުއޫރެއް ނެތެވެ. އިހަވަންދޫ އިން ޕީޕީއެމްގެ ބައެއް މެންބަރުން ރައީސާ ސަލާމް ކުރަންވެސް ނިކުމެ ތިއްބެވެ.

ހޯރަފުއްޓާއި އިހަވަންދޫ އަދި ކެލަޔާ ދިއްދޫ ތަފާތެވެ. އެންމެ ފުރިހަމަ އެއް މަރުހަބާއެއް ކީ ދިއްދޫ އިންނެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުންގެ ދިގު ސަފުތަކުގެ ފަހަތުގައި އިދިކޮޅުގެ ސަޕޯޓަރުން ދިޔައީ ވަރުގަދައަށް އަޑުއުފުލަމުންނެވެ.

ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގަތް ވަގުތު އިދިކޮޅުގެ ސަޕޯޓަރުން އިހުތިޖާޖު ކުރަނީ: ބޭނުންވި އަޑާއި މަންޒަރު ރައީސަށް އިއްވަން ފުރުސަތެއް ނުދިން

ދިއްދޫއަށް ރައީސް ފައިބާ ވަޑައިގަތުމުން ސުކޫލު ދަރިވަރުންގެ ފަރި ހަރަކާތްތަކުން ރައީސަށް މަރުހަބާ ކިޔެއެވެ. އޭގެ ފަހުން ރައީސް ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި ބަނދަރަށް ޖަމާވެފައިވާ ސަޕޯޓަރުންނާއި ސަލާމް ކުރައްވާފައެވެ.

ދިއްދުއާ ކައިރި ބައެއް ރަށްރަށުން އައިސް ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ގިނަ ބަޔަކު ބަނދަރު ސަރަހައްދުގައި ރައީސާ ސަލާމް ކުރުމަށް ސަފު ހަދާފައި ތިއްބެވެ. ގިނަ އިރުތަކެއް ސަލާމް ކުރުމުގައި ރައީސަށް ހޭދަ ކުރައްވަން ޖެހިވަޑައިގަތެވެ.

އިދިކޮޅުގެ ސަޕޯޓަރުން ތިބީ ރަައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އުފުލަމުން ދިޔަ އަޑު ރައީސް ކައިރިވުމާއެކު ގަދަކޮށްލާން ތައްޔާރު ވެގެންނެވެ.

ނަމަވެސް މި ރަށުގެ އެމްޑީޕީގެ ސަޕޯޓަރުން އެ ފުރުސަތެއް ނުދިނެވެ. ރައީސަށް އިދިކޮޅުގެ އަޑު އިވުނު ނުދިނުމަށް މޮޅު އުކުޅެއް ބޭނުން ކުރިއެވެ. 

ގިނަ އަދަދެއްގެ ސައުންޑް ސިސްޓަމް އަރުވާފައިވާ ބޮޑު ޕިކަޕެއް އިދިކޮޅުގެ ސަޕޯޓަރުންގެ ކުރިމައްޗަށް ހުރަސްކޮށް އަޑުގަދަކޮށް ރައީސް ސޯލިހްގެ ކެމްޕެއިން ލަވަ ޖަހަން ފެށީ އެވެ. މަންޒަރު ނުފެންނަ ގޮތަށް ޕިކަޕު ހުރަސްކޮށްލުމުން އިދިކޮޅުގެ ސަޕޯޓަރުންވެސް ރައީސަށް ފެންނަ ވަރެއް ނުވިއެވެ. 

ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގަތް ވަގުތު އިދިކޮޅުގެ ސަޕޯޓަރުން އިހުތިޖާޖު ކުރަނީ: ބޭނުންވި އަޑާއި މަންޒަރު ރައީސަށް އިއްވަން ފުރުސަތެއް ނުދިން

ފުލުހުން ސެކިއުރިޓީ ރޮގު ދަމާ އިދިކޮޅުގެ ސަޕޯޓަރުން ތިބެން ފުރުސަތު ދިނީވެސް ކުޑަ ތަންކޮޅެއް ފަހަތުގައެވެ.

ސަލާމް ކުރައްވަމުން އިދިކޮޅުގެ ސަޕޯޓަރުންގެ އަޑު އިވޭ ހިސާބަށް ރައީސް ވަޑައިގެންނެވުނުއިރު އިދިކޮޅުގެ އަޑެއް ނެތެވެ. އެއަށް ވުރެ އެމަނިކުފާނުގެ ކެމްޕެއިން ލަވައިގެ އަޑު ގަދަ އެވެ. އެ ސަޕޯޓަރުންނަށް ލޮލުގެ ހިމަ ކޮޅުންވެސް ބައްލަވާވެސް ނުލައްވައެވެ.

ނަމަވެސް އިދިކޮޅުގެ ސަޕޯޓަރުން އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުއްލަވާކަން ރައީސަަށް އެނގިވަޑައިގެންފައިވާކަން ކަށަވަރެވެ. އެކަން އެނގިވަޑައިގެން ހުންނަވާ ސަޕޯޓަރުންގެ ތެރެއިން ފަހަރަކު މީހަކާއި ސަލާމް ކުރައްވަމުން ރައީސް ވަޑައިގެން ސަޕޯޓަރުންގެ ދިގު ސަފުގެ އެންމެ ފަހަތާ ހަމައަށް ވަޑައިގެންނެވި އެވެ.

އިދިކޮޅުން އިއްވަން ބޭނުންވި ހަގީގީ އަޑު ދިއްދޫއަށް ރައީސަށް އިއްވޭ ގޮތެއް ނުވިއެވެ.

ރައީސް ސޯލިހް ދިއްދޫއަށް ވަޑައިގަތް ވަގުތު އިދިކޮޅުގެ ސަޕޯޓަރުން އިހުތިޖާޖު ކުރަނީ: ބޭނުންވި އަޑާއި މަންޒަރު ރައީސަށް އިއްވަން ފުރުސަތެއް ނުދިން

ރައީސަށް ނިސްބަތްކޮށް އިދިކޮޅުގެ ސަޕޯޓަރުން ކޮންމެ އަޑެއް އުފުލަނީ "ނޫރާނީ" މި ލަފުޒު ބޭނުން ކުރަމުންނެވެ. "ނޫރާނީއާގެ" އެއީ ރައީސް ސޯލިހްގެ ގޭގެ ނަމެވެ.

އިދިކޮޅުން އެ އަޑުއުފުލަމުން ދަނިކޮށް ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ކެމްޕެއިނަށް ހާއްސަކޮށް މި ރަށުގައި ހަދާފައިވާ "ނޫރާނީ ޖަގަހަ" ހުޅުވައިދެއްވާފައެވެ.

މިރޭ މި ދިއްދޫގައި ރައީސްގެ ކެމްޕެއިން ޖަލްސާއެއްވެސް އޮންނާނެ އެވެ. ތާރު އެޅި ބޮޑު މަގުގައި އޮންނަ ޖަލްސާގައި ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މި ދާއިރާގެ މެންބަރާއި މި ރަށުގެ ކައުންސިލް މެންބަރުން ވާހަަކަ ދައްކަވާނެ އެވެ.

ރައީސް ސޯލިހް "ނޫރާނީ" ޖަގަހަ ހުޅުވައި ދެއްވަނީ

ދިއްދޫއާއެކު ހއ ގެ ރަށްތަކުގެ ބައި މި ދަތުރަށް ނިމުނީ އެވެ. ދެން އޮތީ ހދ ގެ ރަށްތަކެވެ. މާދާމާ ރޭ ހާއްސަ ޖަލްސާއެއް އޮންނާނީ ހަނިމާދޫގައެވެ.

އެ ފަހުން ބުރާސްފަތި ދުވަހު ށ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. އަދި ހުކުރު ދުވަހުގެ ރޭ މާލޭގައި އޮންނަ ބޮޑު ޖަލްސާގެ ކުރީން ލ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމުގެ ޕްލޭނެއް ރައީސްގެ ކެމްޕެއިން ޓީމުން ދަނީ ކުރަމުންނެވެ.

އުތުރުގެ މި ދަތުރުގައި ދިއްދޫ ހާއްސަވީ އިދިކޮޅުގެ އަޑު ރައީސަށް އިއްވިޔަ ނުދިނުމަށް މި ރަށުގެ އެމްޑީޕީ ސަޕޯޓަރުން މިކޮށްލި ކަމަކުންނެވެ. އެއް ގޮތަކުން މި ގޮތް މޮޅެވެ. އަނެއް ގޮތަކުން މުޅީން ރަނގަޅެއް ނޫނޭވެސް ބުނެވިދާނެ އެވެ.

އިދިކޮޅުގެ އަޑު އައްސަވާލެއްވިނަމަ ރައީސަށް ލިބޭ ޕޮއިންޓް ބައެއް މީހުންގެ ނަޒަރުގައި ގިނަ ވެދާނެ އެވެ. ނަމަވެސް މިވަގުުތު އެމަނިކުފާނު ނިކުމެ އެ ހުންނެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށެވެ. އެމްޑީޕީގެ މެންބަރުން ބޭނުންވީ އިދިކޮޅުގެ އަޑު ރައީސަށް އިއްވިޔަ ނުދިނުމަށެވެ. އެހެންވެ އެ އަޑު އުފުލާކަން އެނގި ހުންނަވާވެސް ރައީސް އަޅާ ނުލެއްވީ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިފަދަ ކަމެއް ހިނގައިފިނަަމަ ރައީސް "ރިއެކްޓް" ކުރައްވާ ގޮތް ތަފާތު ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.