މެކްޑޮނަލްޑްސްއާ ގުޅިގެން ޖަރުމަނު މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރަނީ

މި ކެމްޕޭނު ހާއްސަކޮށްފައި ވަނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތައް ކަމަށްވާ ޖަރުމަނުވިލާތް، އޮސްޓްރިއާ، އަދި ސްވިޒަލޭންޑްގެ ފަތުރުވެރިން އިސްކަންދޭ ކަންކަމާއި ތަޖުރިބާތަކަށް އިސްކަންދީގެންނެވެ.

ރާއްޖެއަށް ފޭބި ދެ ޓޫރިސްޓަކު ރިސޯޓަށް ދާން ލޯންޗާ ދިމާލަށް ހިނގަނީ: ޖަރުމަނު މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ވަނީ ކެމްޕޭނެއް ފަށައިފައި -- މި

ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މެކްޑޮނަލްޑްސް ޓްރެވަލް ޓީވީއާ ގުޅިގެން އެމްއެމްޕީއާރްސީ އިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ. 

މި ކެމްޕޭނުގައި 35 މިލިއަން މީހުންނަށް ފޯރާގޮތަށް 700 މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އިޝްތިހާރުގައި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލާނެ ކަމަށެވެ. އެގޮތުނ ް ކަނޑު އަޑީގެ ރީތި މަންޒަރުތަކާއި، ޝިޕްރެކްތަކާއި، ރޮމޭންޓިކް ތަޖުރިބާތަކާއި، ރާއްޖޭގެ މަޝްހޫރު ބީޗްތަކާއި، ރާއްޖެއަށް ހާއްސަ 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' ހިމެނެ އެވެ. 

މި ކެމްޕޭނު ހާއްސަކޮށްފައި ވަނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތައް ކަމަށްވާ ޖަރުމަނުވިލާތް، އޮސްޓްރިއާ، އަދި ސްވިޒަލޭންޑްގެ ފަތުރުވެރިން އިސްކަންދޭ ކަންކަމާއި ތަޖުރިބާތަކަށް އިސްކަންދީގެންނެވެ. 

ޖަރުމަނު މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ވަނީ ކެމްޕޭނެއް ފަށައިފައި

މި ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ރާއްޖޭގެ މަންޒަރުތައް ފޯރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖަރުމަނުގެ މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. ޑިސެމްބަރު 28، 2022 ގެ ނިޔަލަށް 132,426 ފަތުރުވެރިން ވަނީ މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ ހަތަރު ވަނައަކަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެކެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.