ނޭޕާލުގެ ބޯޓެއް ވެއްޓި 40 މީހުން މަރުވެއްޖެ

ރޮއިޓާސްއިން ބުނާ ގޮތުން ނޭޕާލްގެ މަތިންދާ ބޯޓުން ދަތުރު ކުރި 72 މީހުންގެ ތެރެއިން މަދުވެގެން 40 މީހުން ވަނީ މަރުވެފައިވާ ކަން ޔަގީން ކުރެވިފައިވެ އެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި ސަލާމާތީ އޮފިޝަލުން ހަރަކާތެރިވާއިރު އެ ސަރަހައްދަށް ދުންގަނޑު ފެތުރިފައި

ނޭޕާލްގެ މަތީންދާ ބޯޓެއް 72 މީހުނާއެކު ދަތުރު ކުރަމުން ދަނިކޮށް ވެއްޓި 40 މީހުން މަރުވެއްޖެ އެވެ.

ރޮއިޓާސްއިން ބުނީ ނޭޕާލްގެ މަތިންދާ ބޯޓުން ދަތުރު ކުރި 72 މީހުންގެ ތެރެއިން މަދުވެގެން 40 މީހުން ވަނީ މަރުވެފައިވާ ކަން ޔަގީން ކުރެވިފައިވާ ކަމަށާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ، ނޭޕާލުގެ މި ބޯޓުން ދަތުރު ކޮށްފައި ވަނީ 68 ފަސެންޖަރުންނާއި ހަތަރު ކްރޫންނެވެ.

ބޯޓު ނިސްބަތްވާ ކެރިއާ ޔެޓީ އެއާލައިންސްގެ ތަރުޖަމާނު ސުދަރްޝަން ބާޓައުލާ ވިދާޅުވި ގޮތުގައި ބޯޓުން ދަތުރު ކުރި މީހުންގެ ތެރޭގައި ކުޑަ ދެ ކުއްޖަކު ހިމެނެ އެވެ. އަދި އެ ބޯޓުގައި އިންޑިއާގެ ފަސް މީހުންނާއި ރަޝިޔާގެ ހަތަރު މީހުނާއި އަޔަލޭންޑްގެ މީހަކާއި ދެކުނު ކޮރެއާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހެއްގެ އިތުރުން ފްރާންސްގެ މީހަކާއި އާޖެންޓީނާގެ ރައްޔިތަކު ވެސް ހުއްޓެވެ.

ޔެޓީ އެއާލައިންސްގެ ޑޮމެސްޓިކް ބޯޓު ދަތުރު ކުރީ ވެރިރަށް ކަތުމަންޑޫނެވެ. ބޯޓު ވެއްޓުމާއެކު ފަރުބަދަމަތީ ސަރަހައްދުގައި ސަލާމަތީ މަސައްކަތްތެރިންނެއް އެތައް ސަތޭކަ ބަޔަކު ހަރަކާތްތެރިވަމުން ދެ އެވެ. ބޯޓު ވެއްޓުނީ ނޭޕާލްގެ ޕޮޚާރާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިންނެވެ.

"ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށް އެބަދޭ، މޫސުން އެހާ ގޯހެއް ވެސް ނޫން" ނޭޕާލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ޖަގަންނާތު ނިރޫލާ ވިދާޅުވި އެވެ.

ނޭޕާލްހގެ ލޯކަލް ޓީވީތަކާ ހަވާލާދީ ރޮއިޓާސް އިން ބުނާ ގޮތުގައި ބޯޓު ވެއްޓުނު ތަނުން ކަޅު ދުންގަނޑެއް އުދުހެމުން ދިޔައެވެ.

އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން ބުނާ ގޮތުގައި މިއީ 2018 ވަނަ އަހަރުގެ މާޗް މަހު އެމެރިކާ-ބަންގްލާ ޑޭޝް 8 ޓާބޯޕްރޮޕް ފްލައިޓެއް ކަތުމަންޑޫއަށް ޖެއްސުމުގެ ތެރޭގައި ވެއްޓުނު ފަހުން ދިމާވި މިފަދަ އެންމެ ހިތާމެވެރި ހާދިސާ އެވެ. މައުންޓް އެވަރެސްޓް ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ އުސް 14 ފަރުބަދަގެ ތެރެއިން އަށް ފަރުބަދަ ހިމެނޭ ނޭޕާލުގައި ވައިގެ އެކްސިޑެންޓްތަކަކީ އެހައި އާންމު ކަމެއް ނޫނެވެ.

ބޯޓު ވެއްޓުނު ހިތާމަވެރި ހާދިސާއަށް ފަހު ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.