ހިޔާއަވުގައި ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް

އެސްޓީއޯގެ ފާމަސީއަކާއެކު ހިދުމަތްދޭ މި ކްލިނިކްގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އެހެނިހެން ބައެއް ސިއްހީ ހިދުމަތްތައް ވެސް ފަށަން ހޮސްޕިޓަލުން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭގެ ހިޔާއަވަށުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ކުލިނިކެއް ހުޅުވަނީ އެވެ. އެ ކްލިނިކް ހިދުމަތް މާދަމާ އާންމުކޮށް ފަށަ އެވެ.

ހިޔާއަވަށުގައި ހިދުމަތް ފަށާ މި ކްލިނިކާއެކު ހުޅުމާލޭ ހޮސްޕިޓަލުން ހިދުމަތް ދިނުމުގައި މިހާރު އޮންނަ ބާރު ކުޑަވެ، މިހާރު ދިމާވގާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ އެވެ.

ހިޔާއަވަށުގެ މި ކްލިނިކް ހުޅުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. ހުކުރު ދުވަސް ބަންދު ވާނެ އެވެ. ހިޔާ އަވަށާކީ މިހާރު ވަރަށް ބޮޑު އާބާދީއެއް އަލަށް އާބާދުވެފައިވާ ބިޔަ ބޮޑު ސަހަރެކެވެ.

މި ކްލިނިކުގައި އާންމު ހުރިހާ ބަލިތަކަށް ފަރުވާ ދޭނެ އިރު ހާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތަކަށް އެ ކްލިނިކް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ. އަދި ކްލިނިކް ހުޅުވާއިރު އެތަނުން ލެބޯޓްރީ ޓެސްޓްތައް ވެސް ހެދޭނެ އެވެ.

މީގެ އިތުރުން އެސްޓީއޯގެ ފާމަސީއަކާއެކު ހިދުމަތްދޭ މި ކްލިނިކްގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އެހެނިހެން ބައެއް ސިއްހީ ހިދުމަތްތައް ވެސް ފަށަން ހޮސްޕިޓަލުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.