ގޮޓާބަޔާ ދަތުރު ކުރެއްވި ބޯޓަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދިނިން: ސަރުކާރު

ދިވެހި ސަރުކާރުން މި ގޮތަށް ކްލިއަރެންސް ދިން މައްސަލާގައި ރާއްޖެ އައި ލަންކާގެ ރައްުޔިތުންގެ ނުރުހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދު: ހުރިހާ ކަމެއް ނިމިގެން ދިޔަ ފަހުން ކުރި ބަޔާނެއް ނެރުނު

ސްރީލަންކާ އިގްތިސޯދީ އަނދަވަޅަކަށް ވައްޓާލުމުން ދިމާވި ދަތިކާއެކު ރައްުޔިތުން މަގުމައްޗަށް ނުކުމެ، ހުއްޓާ ނުލައި މުޒާހަރާކޮށް އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުމުން ގައުމު ދޫކޮށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު ސިންގަޕޫރަށް ދަތުރު ކުރެއްވި ގޮޓާބަޔާ ރާޖަޕަކްސަ ދަތުރު ކުރެއްވި އަސްކަރީ މަތިންދާބޯޓަށް ޑިޕްލޮމެޓިކް ކްލިއަރެންސެއް ރާއްޖެއިން ދިން ކަމަށް، އެ މައްސަލައާ ގުޅިގެން ރާއްޖެ އާއި ސްރީލަންކާގެ ރައްޔިތުންގެ މެދުގައި އުފެދުނު ނުތަނަސްވަކަން އޮބުނު ފަހުން ދިވެހި ސަރުކާރުން ބުނެފި އެވެ.

ރައީސް ގޮޓާބަޔާ ފިއްލަވާ މަންޒިލަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތީ މިދިއަ އަންގާރަ ދުވަހުރޭ މެންދަމު 3:10 ގައި އަނބިކަނބަލުންނާއި ދެ ބޮޑީގާޑުން ގޮވައިގެނެވެ. ރައީސް ގޮޓާބަޔާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ވެސް އަދިި 33 ގަޑި އިރު ރާއްޖޭގެ ބޮލިފުށި ރިސޯޓުގައި ހޭދަ ކުރެއްވުމަށް ފަހު މިއަދު ސިންގަޕޫރަށް ވަޑައިގެންނެވި އިރު އަލްވަދާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ގޮޓާބަޔާ ރާއްޖެ އެތެރެވި މައްސަލާގައި އަންގާރަ ދުވަހުގެ ރޭ މެންދަމުން ފެށިގެން ރާއްޖޭގެ ނޫސްވެރިން ހުއްޓާ ނުލައި ގުޅުން ހުރި އިދާރާތަކާއި ސުވާލު ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ބަހެއް ބުނެފައެއް ނުވެއެވެ. ފޮރިން މިނިސްޓްރީން ވެސް ބުނެފައި ވަނީ "ދޭނެ ކޮމެންޓެއް ނެތް" ކަމަށެވެ.

ނަމަވެސް ގޮޓާބަޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވިތާ އެތައް ގަޑިއެއް ފާއިތުވެ ދިޔަ ފަހުން ފޮރިން މިނިސްޓްރީން ވަނީ ކުރި ބަޔާނެއް ނެރެ ސަރުކާރުގެ ބަސް ބުނެފަ އެވެ. އޭގައި ބުނެފައި ވަނީ ސްރީ ލަންކާ ސަރުކާރުން ރަސްމީކޮށް އެދިގެން ލަންކާގެ އެއާފޯސްގެ މަތިންދާބޯޓެއްގައި ގޮޓާބަޔާ ރާއްޖެ ވަޑައިގަތުމަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދޫކުރި ކަމަށެވެ. އަދި ބުނެފައި ވަނީ ގޯޓާބަޔާ އާއި އަނބިކަނބަލުން ވީއައިއޭ ވަޑައިގަތީ ބުދަ ދުވަހު / އަންގާރަ ދުވަހުގެ ރޭ މެންދަމުގައި ކަމަށާއި އެ ބޭފުޅުން ފުރާވަޑައިގަތީ މިއަދު ކަމަށެވެ. އެހެން ވެސް ވާހަކައެއް އެ ބަޔާނަކު ނެތެވެ.

ދިވެހި ސަރުކާރުން މި ގޮތަށް ކްލިއަރެންސް ދިން މައްސަލާގައި ރާއްޖެ އައި ލަންކާގެ ރައްުޔިތުންގެ ނުރުހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.