ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ޓެކްސީ ކާރު ދޫކުރަނީ

ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ޓެކްސީ ކާރު މި އަހަރު ތެރޭ ދޫ ކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސް ވަނީ ހާމަ ކުރައްވާފަ އެވެ.

މާލޭގެ ޓެކްސީތަކެއް: ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް ޓެކްސީ ދޫކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ -- މި

ޓެކްސީ ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމާއެކު މި އަހަރުގެ ތެރޭ ޓެކްސީ ކާރު ގެނެސް ދިގު މުއްދަތަކަށް ހަލާސްކުރާ ގޮތަށް ޓެކްސީ ކާރު ހަވާލުކުރަން ފަށާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ ވއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ޓެކްސީ ކުރުމާ ބެހޭ ގޮތުން އެ މަނިކުފާނުގެ ސިޔާސަތެއް ހާމަ ކުރައްވާފަ އެވެ. ވިދާޅުވީ ޓެކްސީތައް ސަރުކާރަށް ގަނެ, ޑްރައިވަރަށް އެހެން ހުނަރެއް ހޯދައިދީ ނުވަތަ އެ ޑްރައިވަރަށް ބަސް ކުންފުނިން ވަޒީފާއެއް ދިނުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

އޭގެ ފަހުން މިއަދު ބ. އޭދަފުށީގައި ރައީސް ސޯލިހު ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ ޓެކްސީތައް ސަރުކާރަށް ނަގާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ދެއްކެވި ވާހަކަފުޅު ކަމުނުދާ ކަމަށެވެ. ރައީސް ވިދާޅުވީ ވަކިވަކި ފަރުދުން ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ ކަމުދާ ވާހަކައެއް ނޫން ކަމަށެވެ.

"އެއީއެއް ނޫން އެކަން ކުރަން ޖެހޭނެ ގޮތަކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރަންވީ ކަމަކީ އާ ޓެކްސީ ހޯދައި ގެނެސް ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތެއްގައި ފައިސާ ދެއްކޭނޭ ގޮތަށް ކާރު ހަވާލު ކުރުން ކަމަށެވެ. އެއީ ސަރުކާރުގެ ޕްލޭނުގައި ވެސް އޮތް ކަމެއް ކަމަށެވެ. މި އަހަރުގެ ތެރޭގައި ޓެކްސީ ކާރު ގެނެސް މާލޭގައި ދުއްވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ހަލާސްކުރާ ގޮތަށް ކާރު ހަވާލުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަންނަ ކަމަށް ވާދަވެރި ފަރާތްތަކުން ތުހުމަތު ކުރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް އަދި ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލެވެން ނެތް ކަމަށާއި, އެ ސިނާއަތް ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލައިގެން އެކަމުގެ ރަނގަޅު ފައިދާ މަސްވެރިންނަށް ކުރާނެކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.