ނާޒިމް ވަނީ އަލަމްގީރް އާއިއެކު ގުޅުންތަކެއް ހިންގި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ލިވާތުގެ ކުށް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، ގޭ ބަންދެއްގެ ހުކުމް ތަންފީޒު ކުރަމުން އައި ގާނޫނީ ވަކީލް އަދި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު މިނިވަން ވެއްޖެ އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ތިން މަހާއި 26 ދުވަހުގެ ގޭބަންދުގެ ހުކުމެކެވެ. ގޭބަންދުގެ މުއްދަތު ހަމަވާން އަދި އެއް ދުވަސް ބާކީ އޮތް ނަމަވެސް ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނާ މިނިވަންވި ކަމުގެ ލިޔުން މިއަދު ހަވާލު ކޮށްފަ އެވެ.
ނާޒިމް ވަނީ އަލަމްގީރް އާއިއެކު ގުޅުންތަކެއް ހިންގި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ލިވާތުގެ ކުށް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަލަމްގީރް އާއިއެކު ގުޅުން ހިނގާ ވީޑިއޯ އެއްވެސް ވަނީ ލީކުކޮށްލާފަ އެވެ. އެންމެ ފުރަތަމަ އެއީ އޭނާ ނޫން ކަމަށް ބުނި ނަމަވެސް ފަހުން ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.
މި މައްސަލައިގައި އަލަމްގީރް ވެސް ހުރީ ޖަލު ހުކުމް އިއްވާފަ އެވެ. އޭނާ ވަނީ 40 އަށްވުރެ ގިނަ މީހުންނާއެކު ގުޅުން ހިނގައި ސިއްރުން ވީޑިއޯ ރެކޯޑްކޮށްފަ އެވެ.