މައްސަލަ ވަރަށް ބޮޑަށް ހޫނު ވެފައިވާ އެ ޓްވީޓުގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ.
ނަފުރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ޓުވީޓްކޮށް އަމަން ގެއްލޭ ފަދަ ވާހަކަ ދައްކާ ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އައްބާސް އާދިލް ރިޒާގެ ބަންދު މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރީ އާދިލް ރިޒާގެ ނަމުގައި އޮންނަ ޓްވިޓާ އެކައުންޓަކުން އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލާފައި ވަނިކޮށްނެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. އޭގެ ފަހުން ހަތް ދުވަހަށް މުއްދަތު އިތުރު ކުރި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހު ތިންވަނަ ފަހަރަށް ވަނީ އެ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފަ އެވެ.
އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެމްޑީޕީގައި އުޅުނު އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އިސް މަގާމުތައް ފުރުއްވި އައްބާސް ހައްޔަރުކުރީ އޭނާގެ ނަމުގައި ހިންގާ، ވެރިފައިކޮށްފައި ނުވާ ޓްވިޓާ އެކައުންޓަކުން ޓުވީޓް ކޮށް އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހައި އަންދާލަން ހިތްވަރު ދީފައިވާތީ އެވެ.
މައްސަލަ ވަރަށް ބޮޑަށް ހޫނު ވެފައިވާ އެ ޓްވީޓުގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.
އެ އެކައުންޓަކީ އޭނާގެ އެކައުންޓެއް ކަމަށް އައްބާސް އާދިލް ރިޒާ ދެކޮޅު ހަދަ އެވެ. އެ އެކައުންޓުން އިންޑިއާއާ ދެކޮޅަަށް ރާއްޖައި ހިންގާ ކަންކަމުގެ ހަބަރުތައް ޝެއާ ކޮށްފައި ހުރެ އެވެ.