އަލަމްގީރު ކޭސް: ބްލެކްމެއިލް ކުރި މައްސަލަ ފައިލްކޮށް، މީހުން ދޫކޮށްލައިފި

"ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ، މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ.

ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުން: އެމީހުން މިހާރު ވަނީ ދޫކޮށްލައިފައި

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި އެކު ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ (41އ) އެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދު ފުލުހުން "މި" ނޫހަށް މައުލޫމާތު ދެމުން ބުނީ، މައްސަލައިގައި ހައްޔަރު ކުރި މީހުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލުމަށްފަހު މިހާރު މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

މައްސަލަ ފައިލްކުރީ، މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާކުރުމުން، ލިބިފައިވާ ހެކިތަކަކީ ޖިނާއީ ދައުވާއެއް އުފުލޭ ވަރުގެ ބުރަންދެވޭނެ ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން ލަފާދީފައިވާ ވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ފައިލް ކުރުމަށް ވެސް ޕީޖީ އޮފީހުން ލަފާދީފައިވެ އެވެ.

"ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ، މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ.

އަލަމްގީރު ގުޅުން ހިންގި މީހުންގެ އަދަދު 40 ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ދިވެހީންނާއި އިންޑިއާ އަދި ބަންގާޅު މީހުން ހިމެނެ އެވެ. އެ އެންމެންނާއެކު ގުޅުން ހިންގާ އެ މަންޒަރު އޭނާ ވަނީ ސިއްރުން ރެކޯޑް ކޮށްފަ އެވެ. އެ ހުރިހާ ވީޑިއޯތައް ފުލުހުންގެ ތަހުގީގަށް ހޯދާފައިވާއިރު، ވީޑިއޯތަކުން ފެންނަ އެންމެން ދެނެގަނެވިފައެއް ނުވެ އެވެ. ގުޅުން ހިންގާ މަންޒަރު ސިއްރުން ރެކޯޑް ކުރީ ފަހުން ބަލައިލުމުގެ ބޭނުމުގައި ކަމަށާ އެކަން ކުރީ ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އަލަމްގީރު ބުނެ އެވެ.

ވީޑިއޯތައް ބޭރުވީ އޭނާ އެ ވީޑިއޯތައް ގެންގުޅުނު ފޯނު ބަޔަކު މީހުން އަތަށް ލިބުމުން ކަމަށާއި، އެ ފޯނުގައި އޭރު އެ ވީޑިއޯތައް ނުހުންނާނެ ކަމަށްވެސް އޭނާ ބުނެ އެވެ. ވީޑިއޯތައް ޑިލީޑްކޮށްފައި ވަނިކޮށް އަލުން އެ ވީޑިއޯތައް ބަޔަކު ރިކަވާ ކުރީ ކަމަށެވެ. އެކަން ކުރީ އޭނާއާ ގުޅުން އޮންނަ ބައެއް ނޫން ކަމަށްވެސް ބުނެ އެވެ.

މި މައްސަލައިގައި އަލަމްގީރާއި އޭނާއާއި އެކު ގުޅުން ހިންގި ބައެއް މީހުންނަށް ދައުވާ އުފުލާ، ބައެއް މީހުން ވަނީ ޖަލަށްލާން ހުކުމް ވެސް ކޮށްފަ އެވެ. ބައެއް މީހުންގެ ޝަރީއަތްތައް މިހާރު ކޯޓުގައި އެބަ ހިނގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.