މާލޭގެ މޭޔަރު މުއިއްޒު ހައްޔަރު ކޮށްފި

މުއިއްޒު ހައްޔަރު ކުރެއްވީ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ހުންނަވަނިކޮށެވެ. ފުުލުހުން ހައްޔަރު ކުރަން އުޅުމުން މުއިއްޒު ވަނީ ފުލުހުންނާއެކު ވަޑައިގެންފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ ބަންދަށް ގެންދަނީ

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ހައްޔަރު ކޮށްފި އެވެ.

މުއިއްޒު ހައްޔަރު ކޮށްފައިވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް / ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިންނެވެ. މުއިއްޒު ހައްޔަރު ކުރެއްވީ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ހުންނަވަނިކޮށެވެ.

ފުުލުހުން ހައްޔަރު ކުރަން އުޅުމުން މުއިއްޒު ވަނީ ފުލުހުންނާއެކު ވަޑައިގެންފައެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ކޮންމެ ރެއަކުވެސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެއީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ދަށު ކޯޓުގައި ސާބިތު ވެގެނެވެ. ރައީސް ޔާމީނަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ.

އިދިކޮޅުގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށީ އެ ހުކުމް ބަލައިނުގަންނަ ކަމަށް ބުނެ އެވެ. އެއީ "ހަރާމް ހުކުމެއް" ކަމަށްވެސް ބުނެ އެވެ. ހުކުމަކީ ރައީސް އޮފީހުން ލިޔެ ދީފައިވާ ހުކުމެއް ކަމަށާ ފަނޑިޔާރު ލައްވާ ހުކުމް އިއްްވެވީ "ރަހީނު" ކޮށްގެން ކަމަށްވެސް ތުހުމަތު ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.