ހުވާ ހުރަޔަށް ނަސީބު; ރަށު ދެކޮޅުން ހަވާ

މާލެ އަތޮޅުގެ ހުރާ އެއް ފަރާތުގައި އޮންނަ ކުޑަ ހުރާ ރިސޯޓާއި ރަށުގފެ އަނެއް ކޮޅުގައި އޮންނަ ކްލަބް މެޑް ރިސޯޓުން ވެސް ރޭ ހަވާ އެރުވި އެވެ. އެހެންވެ ހުރައަކީ ރޭ ހަވާ ކުޅިވަރުގެ ނަސީބު އެންމެ ރަނގަޅުވި ރަށެވެ.

ހުރާގައި ރޭ ހަވާ އަހަރުވަނީ: ރަށުގެ ހުރިހާ ރައްޔިތުންނަށް ރޭ ދެ ފަހަރު ހަވާގެ ކުޅިވަރު ބަލައިލަން ލިބުނު -- މި

ބައެއް ރަށްރަށަށް އާ އަހަރުގެ ހަވާގެ އައްޔެއް އަޑެއް ބަޑެއް ނެތެވެ. އާންމު ގިނަ ރަށްރަށުގެ މީހުން "ހެޕީ ނިއު އިޔާ" ކިޔާލައި / މެސެޖެއް ފޮނުވާލާފައި ޖެހެނީ ނިދަން އަރާށެވެ. އެކަމަކު މާލެ އަތޮޅު ހުރާ ވަރަށް ތަފާތެވެ. މި ރަށުގެ ރައްޔިތުންނަށް ރޭ ދެ ގަޑިއެއްގައި ހަވާ ކުޅިވަރު ފެނުނެވެ. ރޭ ފާހަގަ ކުރި އާ އަހަރުގެ އުފަލުގެ ހަވާގެ އަލިކަން މި ރަށް މަތީގައި ދެގަޑިއެއްގައި އިރުގަނޑަކަށް "ޕަޓަޕަޓަ" ލައިލައި ހުއްޓެވެ.

އާ އަހަރު ފާހަގަ ކުރަން ހުރާގައި އެންމެ ފުރަތަމަ ހަވާ އެރުވީ މި ރަށާ އިންވެ ކައިރީގައި އޮންނަ ކުޑަހުރާ ގަ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑް ކަމަށް ފޯސީޒަން ކުންފުނިން ހިންގާ ކުޑަހުރާގައި ހަވާގެ ގަޑި ސެޓްކޮށްފައި އޮތީ އެ ރިސޯޓުގެ ގަޑިން 12:00 ޖަހާއިރަށެވެ. އެ ގަޑިއަކީ ދިވެހި ރާއްޖޭގެ ގަޑިން 11:00 ޖަހާއިރެވެ.

ކުޑަހުރާގެ ހަވާގެ ސެޓަޕް ރާވާފައި އޮތީ ހުރާގެ ރައްޔިތުންނަށް ވެސް ފެންނާނެ ގޮތަކަށެވެ. ރަށުގެ ވަރަށް ކައިރީގައި މި ހަވާ އެރުވުން 10 މިނެޓަށް ގެންދިޔަ އެވެ. ރާއްޖޭގެ އާންމު ހަވާގެ ވަގުތަށް ބަލާނަމަ މިއީ ނިސްބަތުން ގިނަ ވަގުތެވެ. އާއްމުކޮށް ރާއްޖޭގައި ހަވާގެ ކުޅިވަރު ފަސް މިނެޓުގެ ތެރޭގައި ނިންމަ އެވެ. އެކަމަކު މި ރަށުގެ ރައްޔިތުންނަށް މި އަހަރު ދިގު ހަވާއެއް ފެނިގެން ގޮސްފައި ވެއެވެ. ރަށުގެ ގިނަ ބަޔަކު މި ރަށު ހިއްކި ސަރަހައްދަށް ޖަމާވެ ހަވާގެ ފޮޓޯ ނަގަމުން ދިޔަ އެވެ.

ހުރާގައި ރޭ ހަވާ އަހަރުވަނީ: ހުރާ ރައްޔިތުންނަށް ރޭ ދެ ފަހަރު ހަވާ ފެނުނު -- މި

ހުރާގެ ރައްޔިތުންނަށް އެ ހިސާބުން ހަވާ އިން ނިމުނީ އެއް ނޫނެވެ. ގެއަށްވަދެ ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް އެ އިވެން ފެށީ އަނެއް ހަވާގެ "ޕަޓަޕަޓަ" ގޮވުމުގެ އަޑު ފައްގަނޑެވެ. ދެވަނަ ފަހަރަށް ރަށްމަތި ދިއްލިގެން ދިޔައީ ހަމަ އެރަށާ އިވެގެން އޮންނަ ކްލަބް މެޑް ރިސޯޓުން ހަވާ އަރުވާ އަޑުފަށް ގަނޑާއެކު އެވެ. ރަށު އެންމެން މި ހަވާ ބަލަން ވެސް ޖަމާވި އެވެ. ދެވަނަ ހަވާ އަރުވާފައި ވަނީ ސީދާ ރާއްޖެއަށް ދަންވަރު 12:00 ޖެހިއިރު އެވެ. އެހެންވެ މި ރަށުގެ ރައްޔިތުންނަށް ރޭ ދެ ހަވާ ފެނުނެވެ. ރަށު ދެކޮޅުން ދެކޮޅުން ހަވާއި އަރުވައިގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.