ކިއަރާއާ ސިދާތުގެ ކައިވެނި ޝެޑިއުލްކޮށްފި

ސިދާތާއި ކިއާރާގެ ކައިވެނީ ތާރީހެއް އިއުލާންވެފައިވާއިރު ކުރިން ވެސް ތާރީހެއް ކިޔުމަށް ފަހު ފަސް ކުރި އެވެ.

ކިއާރާ އާއި ސިއްދާތު މަލްހޯތުރާ: ކައިވެނި އޮތީ އަންނަ ފެބުރުއަރީގައި

ކިއާރާ އަދުވާނީ އާއި ސިދާތު މަލްހޯތުރާގެ ކައިވެނި ކުރުން މި އާ އަހަރުގެ ފެބްރުއަރީއަށް ޝެޑިއުކޮށްފި އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ދެ ތަރިންގެ ކައިވެނީ އޮންނާނީ ފެބުރުއަރީ 6، 2023 ގަ އެވެ. އެ ތައްޔާރީތައް ކިއާރާ އާއި ސިދާތުގެ އާއިލާ އިން ވަނީ މިހާރު ފަށާވެސްފަ އެވެ. އަދި އެ ދެތަރީންގެ ކައިވެނި ބާއްވަނީ ރާޖަސްތާނުގެ ޖައިސަލްމާރު ޕެލަސްގަ އެވެ. އެ ހޮޓަލުގެ އިންތިޒާމްތައް ވެސް މިހާރު ކުރިޔަށް ދެއެވެ.

ސިދާތު އާއި ކިއާރާ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު އެވެ. އޭގެ ކުރީން ސިދާތު އާއި ގުުމެއް އޮތީ އާލިއާ ބަޓެވެ. ނަމަވެސް ފަހުން އާލިއާ ވަނީ ރަންބީރް ކަޕޫރާ ރައްޓެހިވެ ކައިވެނިކޮށް ދަރިޔަކު ހޯދާފަ އެވެ.

ކައިވެނީ ތައްޔާރީތައް ހިނގާއިރު ސިދާތު އާއި ކިއާރާ ވެސް ވަނީ އާ އަހަރުގެ ޗުއްޓީގައި ފުރައިގެން ގޮހެވެ. ސިދާތާއި ކިއާރާގެ ކައިވެނީ ތާރީހެއް އިއުލާންވެފައިވާއިރު ކުރިން ވެސް ތާރީހެއް ކިޔުމަށް ފަހު ފަސްކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.