ޗައިނާއާ ރަޝިޔާ ސާބިތުވެ އޮތީ އެއް މަގެއްގައި: ޕޫޓިން

މިހާރު މަތިވެފައި އޮތް ޔޫކްރެއިން ހަނގުރާމައިގެ މައްސަލާގައި ޗައިނާ ވަރަށް ފާމްކޮށް ގެންގުޅެނީ މެދުމިނުގެ ސިޔާސަތެއް ކަމަށް ބުނެ އެވެ.

ރައީސް ޕޫޓިން އާއި ރައީސް ޝީގެ ވީޑިއޯކޯލް ބައްދަލުވުން: މި ބައްދަލުމުގައި ދެ ގައުމުން އެމެރިކާއަށް މެސެޖްތަކެއް ދިން

އިންޑިއާ ފަދައިން ޗައިނާއަކީ ރަޝިޔާގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ޕާޓްނަރެކެވެ. ސިޔާސީ ގޮތުން އެއް ގޮތް ވިސްނުންތަކެއް ތަންފީޒު ކުރެ އެވެ. ރަޝިއާ ފަދައިން ޗައިނާއިން އެމެރިކާއާ ހުޅަނގުގެ ގައުމުތަކާ އެއް ސަފަށް ނުގޮސް އަބަދު ވެސް އެމެރިކާއަށް ގޮންޖަހަ އެވެ. ޗައިނާއިން ހުޅަނގަށް ސަމާލު ކަމެއް ނުދެ އެވެ. ޗައިނާއިން ހަމައެކަނި ހުޅަނގަށް އޮންނަނީ ގައުމުތަކަކަށް ކުރާ ދޭދޭ އިހުތިރާމެކެވެ.

އެ ވިސްނުމާއެކު، ޗައިނާ މިހާރު ވެސް އޮތީ ވަރަށް ކުރިއަރައި ފެއަށް ޖެހިގެނެވެ. ގާތްގަނޑަކަށް އެއް ނަމްބަރު އިގްތިސޯދަށް ވެގެނެވެ. އަދި އެއް ނަމްބަރު ބާރުވެރިޔާއަށް ވެސް ވެގެނެވެ. އެކަން އެ މަގުން ހިނގާތީ މިހާރު އެންމެ ބޮޑަށް އުފާވާކަން ބޭރަށް ފާޅުކޮށްގެން އޮތީ ރަޝިއާ އެވެ. އަދި އެކަމާ އެންމެ ނުރުހެނީ އެމެރިކާ އެވެ.

ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ޗައިނާގެ ސިޔާސަތަށް ތާރީފު ކުރައްވާ ދައްކަވާ ވާހަކަތައް އަނެއްކާ ވެސް ވަނީ އާ ކުރައްވާން ފައްޓަވާފަ އެވެ. އެންމެ ފަހުން ވީޑިޔޯ މެދުވެރިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވި ދިގު ބައްދަލުވުމުގައި ޗައިނާ އާއި އިންޑިޔާއަކީ މި ވަގުތު ރަޝިޔާއިން އުފައްދާ ތެޔޮ އެންމެ ގިނައިން ގަންނަ ދެ ގައުމުކަން ފާހަގަ ކުރެެއްވުމާއެކު ޗައިނާ އާއި ރަޝިޔާގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާ އިރު ޗައިނާ އަށާއި ރައީސް ޝީއަށް ވަރަށް ބޮޑަށް ވަނީ ތައުރީފު ކުރައްވާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އެމެރިކާއަށް މެސެޖް ފޮނުވާށެވެ. ހުޅަނގު ސިއްސުވާށެވެ. ރައީސް ޝީގެ ރާގު ވެސް ގެންގުޅުއްވާފައި ވަނީ އެ މޭރުމުގަ އެވެ.

"ޗައިނާއާއި ރަޝިޔާ ގުޅިގެން މަސައްކަތް ކުރެވޭ އެހެން މަސައްކަތް ކުރުމަކީ ދުނިޔެއަށް މުހިންމު ކަމެއް. ބައިނަލްއަގުވާމީ ފޫއްސާއި ނުތަނަވަސް ކަމަށް ހަމަޖެހުން ގެނެވޭނީ ޗައިނާ އާއި ރަޝިޔާ އެކުއެކީ ކުރާ މަސައްކަތުން،" ޕުޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޗައިނާއަށް ކުރާ ޖެއްސުން ރަޝިޔާއަށް ވެސް ކުރެއެވެ. ޗައިނާ ކުރިމަތި ކުރުވާ ފިއްތުންތަކާއި ދައްކާ ބިރު ރަޝިއާއާ ހަމައަށް ވެސް ގެންދެ އެވެ. އެހެން ނަމަވެސް ރަޝިޔާ ފަދައިން ޗައިނާއިން އެއިން ކަމަކަށް އަޅައިވެސް ނުލައި އޮންނަނީ ބާރާއެކު ފުދިގެނެވެ. އަދި ޗައިނާ އަބަދުވެސް އިސް ކުރަނީ ދުނިޔޭގެ ސުލްހައާއި ކުރިއެރުމެވެ.

"ޗައިނާ އަބަދުވެސް އެމެރިކާ އާއި ހުޅަނގުގެ ކުރިމައްޗަށް ނެރެނީ ސުލްހަ އެއީ ހިތްވަރާއި އަޒުމް ވަރުގަދަކަމުގެ ލާމަސީލު މިސާލު ދައްކާ ގައުމެއް،" ޕޫޓިން ވިދާޅުވި އެވެ.

މިހާރު މަތިވެފައި އޮތް ޔޫކްރެއިން ހަނގުރާމައިގެ މައްސަލާގައި ޗައިނާ ވަރަށް ފާމްކޮށް ގެންގުޅެނީ މެދުމިނުގެ ސިޔާސަތެއް ކަމަށް ބުނެ އެވެ. ބަސް ބުނެގެން ވަކި ފަރާތަކަށް ތާއީދު ނުކުރި ނަމަވެސް ޗައިނާ އަމަލުން ދައްކަނީ ޗައިނާއަކީ ހުޅަނގާއި އެމެރިކާއާ މުޅީން ދެކޮޅު އަދި ރަޝިއާއާ އެއްކޮށް އޮތް ގައުމެއްގެ ސިފަ އެވެ.

އެމެރިކާ އާއި ޗައިނާގެ އެންމެ ބޮޑު ޒުވާބަކީ ޗައިނާއިން އެ މީހުންގެ "މުގައްދަސް ބިންކޮޅެއް" ކަމަށް ބަލާ ޓައިވާން މައްސަލައިގެ ތެރެއަށް އެމެރިކާ ވަދެ ގަޑުބަޑު ކުރަމުންދާ މައްސަލަ އެވެ. ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާގެ އެ މަސައްކަތަކީ ރަޝިޔާ ފަދައިން ޗައިނާގެ ހަނގުރާމައެއްގެ ތެރެއަށް ގެންގޮސް އެކަމުގައި ބީޒިކޮށްފައި އެމެރިކާ ނަފާ ހޯދައި ކުރިއަރައިގެން ދިއުމެވެ. ރަޝިޔާއިން ބުނާ ގޮތުގައި އެއީ ދުވަހަކު ވެސް އެމެރިކާއި ހުޅަނގަށް ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.