މި ސަރުކާރުން ވަނީ ބަރެސްދޫ ޕްރޮޖްކްޓަށް ވަރަށް ބޮޑަށް ބަދަލު ގެނެސް އާ ކޮންސެޕްޓެއް އުފައްދާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްގެ މަސައްކަތް ލ. ބަރެސްދޫގައި ފަށައި ހިނގައިގަންނާނެ ކަމަށް މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނާން ފަށައިފި އެވެ.
މީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސުރެ ވާރުތަ ވަމުން އަންނަ ޕްރޮޖެކްޓެކެވެ. ލާމުގެ ބިމުން 72.5 ވަރަކަށް ހެކްޓަރު ނަގާ
ބަރެސްދޫގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ވެސް އުންމީދީ ޕްރޮޖެކްޓެކެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ބަރެސްދޫ ޕްރޮޖްކްޓަށް ވަރަށް ބޮޑަށް ބަދަލު ގެނެސް އާ ކޮންސެޕްޓެއް އުފައްދާފަ އެވެ.
މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު / އެމްއައިޓީޑީސީ، ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓް ފަށަން މިހާރު އިންވެސްޓަރުންނާއެކު މަޝްވަރާ ކުރެއެވެ. ރައީސްގެ ސޯލިހުގެ މި ދައުރު ނިމުމުގެ ކުރިން ބަރެސްދޫގައި މަސައްކަތް ހިނގާން ފަށާނެ އެވެ.