އާ އަހަރުގެ ޝޯގައި ލަވަކިޔަން ޕައުނީ ޕާންޑޭ ރާއްޖެ އަތުވެއްޖެ

މިއުޒިކު ޝޯގެ އެންމެ ހާއްސަ ކަމަކީ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭގެ ހުށައެޅުންތަކެއް ފެނިގެން ދިއުމެވެ. ފައުނީގެ އަޑުން އިވިގެންދިޔަ "ލައިލާ އޯ ލައިލާ" ގެ ލަވަ ހިމަނައިގެން މިނިސްޓްރީން ވަނީ މިހާރު އާ އަހަރުގެ މިއުޒިކު ޝޯ އިޝްތިހާރުވެސް ކުރަމުންނެވެ.

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ރާއްޖޭގައި

އާ އަހަރު ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން ބާއްވާ މިއުޒިކު ޝޯގައި ބަައިވެރިވެ ލަވަކިޔަން ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ރާއްޖެ އަތުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި އާ އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއުޒިކު ޝޯއެއް އޮންނާނެ އެވެ. މިއުޒިކު ޝޯ އޮންނާނީ އަހަރުގެ ފަހު ދުވަސް ކަމަށްވާ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

މިއުޒިކު ޝޯގެ އެންމެ ހާއްސަ ކަމަކީ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭގެ ހުށައެޅުންތަކެއް ފެނިގެން ދިއުމެވެ. ފައުނީގެ އަޑުން އިވިގެންދިޔަ "ލައިލާ އޯ ލައިލާ" ގެ ލަވަ ހިމަނައިގެން މިނިސްޓްރީން ވަނީ މިހާރު އާ އަހަރުގެ މިއުޒިކު ޝޯ އިޝްތިހާރުވެސް ކުރަމުންނެވެ.

މިއުޒިކު ޝޯގެ އިތުރުން 12 ޖެހުމާއެކު / އާ އަހަރު ފެށުމާއެކު ހަވާ އަރުވަންވެސް ވަނީ ނިންމާފައެވެ.

މުޅި ރާއްޖޭގައިވެސް އާ އަހަރު ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް މިއުޒިކަށް ބޮޑު އިސްކަމެއް ދީ / އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރާތީ ފާޑުކިޔުން އޮވެއެވެ. މިއުޒިކަކީ އިލްމުވެރީންގެ މެދުގައި އިހްތިލާފު -- ހިޔާލު ތަފާތުވުން އޮތް މައްސަލަ އެެކެވެ. ވަރަށް ގިނަ އިލްމުވެރީންގެ ނަޒަރުގައި މިއުޒިކް ހަރާމެވެ. އެހެން ކަމުން އާ އަހަރު ފާހަަގަ ކުރުމަށް އެފަދަ ހަރަކާތްތައް ނުބޭއްވުމަށް އިލްމުވެރީން އިލްތިމާސް ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.