ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރު ކޮށްދޭން ޕީޖީއިން އެދިއްޖެ

އޭގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

ޝިއާއު މުހައްމަދު ސައީދު: އޭނާގެ މަރުގެ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދަން ޕީޖީން ވަނީ އެދިފައި -- މި

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 ގެ މަރުގެ މައްސަލަ ސިއްރުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތު އުފުލާފައި ވަނީ އޭނާގެ އެކުވެރިޔާ / ލޯބިވެރިޔާ، ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ، 22 ގެ މައްޗަށެވެ. ސާހިލްގެ މައްޗަށް އިއްޔެ ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ.

އޭގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ. މައްސަލައިގެ ބާވަތުން ދެން ހުރި ދައުވާތައް އާންމު ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު "މި" ނޫހަށް ވިދާޅުވެފައި ވަނީ މައްސަލަ ސިއްރުކުރަން އެދުނީ ޝިއާއުގެ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ސާހިލް ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލުމަށްފަހު ޝިއާއު މަރާލާފައި އޮއްވާ ފެނުނު ކްރައިމް ސީން އިންނެވެ. އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ. އަދި ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުނެފައިވެ އެވެ. މި މައްސަލައިގައި ޝިއާއު މަރާލުމުގެ "މޯޓިވް" އަކީ ކޮބައިކަން ދެނެގަންނަން ފުލުހުން ތަހުގީގު ދިގުދަންމާލައިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.