ރައީސް ޔާމީން ޖަލަަށްލުމާއެކު، ޔޫޓީއެފް އިންޑިއާ ކުންފުންޏަކަށް

ޔޫޓީއެފް އެއްބަސްވުމާމެދު އިދިކޮޅު ޕީޕީއެމްއިން ބުނަނީ އެ ބަނދަރު ހަދަނީ އިންޑިއާގެ ބާރު ހިނގާ ތަނެއްގެ ގޮތުގަ އެވެ. އެކަމަކު ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރުން މިހާތަނަށް ވެސް އެކަން ދޮގު ކުރެ އެވެ.

ޔޫޓީއެފް އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއި ކުރަނީ

ދިވެހި ސިފައިންގެ ބޭހެއްގެ ގޮތުގައި ހަދަން ވިސްނާފައިވާ، އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީ ކުރަން 186 މިލިއަން ޑޮލަރަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފި އެވެ.

އިންޑިއާ އިން ރާއްޖޭގެ މަސްލަހަތަށް އަތް ބާނާ ކަމަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެ އިންޑިއާއަށް ގޮން ޖައްސަވަމުން ގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކޮރަޕްޝަންގެ ތުހުމަތު ތަކެއްކޮށް 11 އަހަރުގެ ޖަލަށް ލުމާއެކު އުތުރު ތިލަ ފަޅު ހަދަން އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރި ހަބަރު ތިލަކުރީ އިންޑިއާގެ ނޫސްތަކުންނެވެ.

އުތުރުތިލަފަޅު ތަރައްގީ ކުރަން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ހެދި އެއްބަސްވުމުގައި "ފޮރުވިފައިވާ ކަންތައްތަކެއް" އޮތް އިނދިކޮޅާއި ގިނަ އަދަދެއްގެ ރައްޔިތުންގެ ތުހުމަތު އިނގިލި ދިއްކުރި ނަމަވެސް ސަރުކާރުން އެކަން ދޮގުކުރި ބޮޑު މައްސަލަ ހިލުނު ޔޫޓީއެފްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ރެއިލް ވިކާސް ނިގަމް ކުންފުންޏާ އެވެ. މި މަޝްރޫއު ހަވާލުކުރީ 186 މިލިއަން ޑޮލަރު ނުވަތަ 2.8 ބިލިއަން ދިވެހި ރުފިޔާއަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ނޫސްތަކުގައިވާ ގޮތުން މި ޕްރޮޖެކްޓް ހަވާލު ކުރިކަމުގެ ލިޔުން ރެއިލް ވިކާސް ނިގަމްއަށް ލިބިފައިވަނީ އިއްޔެ އެވެ. ނަމަވެސް މި މަޝްރޫއުގެ އެއްވެސް ވާހަކައެއް ދިވެހި ސަރުކާރުން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

ވިކާސް ނިގަމް - އެ ކުންފުންޏަކީ އިންޑިއާގައި އެންމެ ގިނަ ރެއިލްވޭތައް ތަރައްގީ ކޮށްފައިވާ އެއް ކުންފުންޏެވެ. އިންޑިއާގެ ސަރުކާރުގެ 44.44 ޕަަސެންޓް ހިއްސާ އޮންނަ ރެއިލް ވިކާސް ނިގަމް ކުންފުނި އުފައްވީ 2005 ވަނަ އަހަރު އެވެ.

އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާއާއި ދިވެހި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި މަޝްރޫއުގެ އަސްލު އޮތީ 2016 ގައި މަޝްވަރާކޮށް، ޑިފެންސް އެކްޝަން ޕްލޭނެއްގެ ދަށުންނެވެ. ނަމަވެސް ޔޫޓީއެފް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ ކަމަށް އިނދިކޮޅު ޕީޕީއެމް / ޕީއެންސީއިން ތުހުމަތުކުރެ އެވެ.

ޔޫޓީއެފް އެއްބަސްވުމުގެ މައްސަލަ ހޫނުވުމުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ޑިފެންސް މިނިސްޓްރީން ވަނީ މި އެއްބަސްވުން ހިއްސާ ވެސް ކޮށްފަ އެވެ. މި މައްސަލާގައި އިނދިކޮޅު ޕީޕީއެމް ބުނެފައިވަނީ އެއްބަސްވުން 241 ކޮމެޓީގައި ދައްކާލީ ހަމަ ޖަސްޓް ކުޑަ ޕްރެޒެންޓޭޝަނެއްގެ ގޮތުގަ އެވެ.

މިނިވަންކަމާ ގުޅޭ ކަންބޮޑުވުން - ޕީޕީއެމުން ބުނަނީ މި އެއްބަަސްވުމުގެ ސަބަބުން އިންޑިއާ ސިފައިންގެ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ވެސް ޑިޕްލޮމެޓިކް އިމިއުނިޓީއާއެކު ކުރިޔަށް އޮތް 15 އަހަރު އުތުރު ތިލަފަޅުގައި ތިބެން ފުރުސަތު ލިބޭނެ އެވެ. މިއީ މިނިވަންކަމާ ގުޅުންހުރި ނުރައްކާތެރި އެއްބަސްވުމެކެވެ. އަދި ޔޫޓީއެފް ބަދަލުވާނީ އިންޑިއާގެ މިލިޓަރީ ބޭހަކަށެވެ. ޕީޕީއެމް އިން އިތުރަށް ބުނި ގޮތުގައި އުތުރުތިލަފަޅު ހިންގާނީ، އިންޑިއާ ހައިކޮމިޝަނަރާއި އިންޑިއާގެ އިތުރު ބަޔަކު ކޮމެޓީއަކުންނެވެ.އެހެންކަމުން ދިވެހި ސިފައިންނަކަން އެ ތަނުގައި ބާރެއްނެތެވެ. ނަމަވެސް ސަރުކާރުން މި ހުރިހާ ވާހަކައެއް ދޮގު ކުރެ އެވެ. ޑިފެންސުން ބުނަނީ ބޭރު ގައުމެއްގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ނެތް ކަމަށް ނުހަދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.