ޝިއާއު މަރާލި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 ގެ މަރުގެ ތުހުމަތު އޮތް ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ 22، ގެ މައްޗަށް ފަސް ދައުވާ އެއް އުފުލާ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 ގެ މަރުގެ ތުހުމަތު އޮތް ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ 22، ގެ މައްޗަށް ފަސް ދައުވާ އެއް އުފުލާ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

ޝިއާއުގެ ބޮލާއި ހަތަރެސްފައި ބުރިކޮށްލާފައި އޮއްވާ ފެނުނީ މިދިޔަ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭގަ އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ ޝާހިލްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ހިމެނޭހެން ފަސް ދައުވާއެއް އުފުލާ އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. ދެން އޮތީ އޮރިޔާން ކާޑު ގެންގުޅުމާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. އަނެއް ދެ ދައުވާގެ ތަފްސީލެއް ނުދެއެވެ.

ޝާހިލް ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ވަނީ ކުރީން ބުނެފަ އެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، ސާހިލް އެއްވެސް ވަރަކަށް ތަހުގީގަށް އެއްބާރުލުމެއް ނުދެ އެވެ. އެކަމަކު މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ޝިއާއުގެ މަރަކީ މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ގަތުލެވެ. ޝިއާއުގެ އަތާއި ފައި އަދި ބޯ ވަނީ ބުރި ކޮށްލާފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުވި އެވެ. ފުލުހުން އެދުވަހު ބުނީ އެހާ ބޮޑެތި އަނިޔާތަކެއް ދީ މީހަކު މަރާލި ސަބަބު ނުވަތަ "މޯޓިވް" ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.