އިތާފުށީގެ ޗުއްޓީއަށްފަހު ފީފާގެ ރައީސް ފުރާވަޑައިގެންފި

އިތާފުށީގައި މިހާރުވެސް ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ. މި މީހުންގެ ތެރޭގައި ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ވެސް ހިމެނެ އެވެ.

ފީފާގެ ރައީސް އަދި އިތާފުށީގެ އެއް ވެރިޔާ ޖަނާހު ވީއައިއޭގައި -- މިހާރު ނޫހުގެ ފޮޓޯއެއް

ގަތަރުގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕަކަށް ފަހު ޗުއްޓީ ހޭދަ ކުރައްވަން އާއިލާއާއެކު ރާއްޖެ ވަޑައިގަތް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ފުރާ ވަޑައިގެންފި އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ފީފާގެ ރައީސް ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަކުރައްވާފައި ވަނީ މާލެ އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ހިލްޓަންގެ ލަގްޒަރީ ބްރޭންޑް ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގަ އެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ އާއިލާއާއެކުގަ އެވެ.

އިތާފުއްޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކޮށްފައިވާ ރިސޯޓެވެ.

ފިފާގެ ރައީސްގެ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު އަދި ރާއްޖެ ވަޑައިގެންނެވިއިރު ވެސް އެ މަނިކުފާނުގެ އެންމެ އަރިހުގައި ޖަނާހު ހުންނަވަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަންޒަރު ދުއް ބައެއް ފަރާތް ތަކުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނާއި ފީފާގެ ރައީސް އެއާޕޯޓް ވީއައިޕީ ލައުންޖަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ވައިރަލްވެފަ އެވެ.

އިތާފުށި ވެފައިވަނީ މިހާރު ރާއްޖެ އަންނަ އެންމެ މަތީ ފަންތީގެ މީހުން ތިބޭ އެއް ރަށަށެވެ. މި ރަށުގައި މިހާރު ޗުއްޓީ ހޭދަކުރާ މަޝްހޫރު މީހުންގެ ތެރޭގައި ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް އާއި މޮރޯކޯގެ ޗެޕްޓަންގެ އާއިލާ ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.