އެންމެ ފަހުން އަނީސް ފެނުނީ މީގެ ހަތަރު ދުވަސް ކުރިން، މިމަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނެތެވެ.
ގެއްލިގެން އުޅެނީ ލ. މާވަށް، ކުންނާރުމާގެ، މޫސާ އަނީސް، 32، އެވެ. ފުލުހުން ބުނީ އޭނާ މާލެ ތެރެއިން ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަނީސް އެންމެ ފަހުން ފެނިފައި ވަނީ މީގެ ހަތަރު ދުވަސް ކުރިން، މިމަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެގެ ހަވީރު އެވެ.
އަނީސްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދިފައި ވެ އެވެ.