ފަރެސްމާތޮޑާ އެއާޕޯޓް ރީތިކޮށް ނިމެނީ

ތިން ފުރާޅަކަށްވާ ގޮތަށް ފަރުމާކޮށް ހިޔާ ކޮށްފައިވާ ފަސިންޖަރު ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ނިންމި ފޮޓޯއަށް ފުރިހަމަވެފަ އެވެ. ބައިލަން ރީޗެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ ފަސިންޖަރު ޓާމިނަލް: ބަލައިލަން ވަރަށް ރީތި

ރީތި ރެސްޓޯރެންޓެއްހެން ހީވިއަސް އެއީ ރީތި އެއާޕޯޓެކެވެ. އެއީ އްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅޭ ގދ. އަތޮޅުގެ ފަރެސްމާތޮޑާގައި ހަދަމުން ގެންދާ ފަރެސްމާތޮޑާ އެއާޕޯޓެކެވެ. އެއާޕޯޓުގެ ބޮޑުބައެއްގައި މަސައްކަތް ނިމި އެއާޕޯޓެއްފގެ ފުރިހަމަަކަން މިހާރު ފެނެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށް ދެނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓް މަސައްކަތުގެ 85 ޕަސެންޓް ވަނީ ނިމިފަ އެވެ. ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަން މަސައްކަތްތަކުން 93 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި މުޅީން ނިމޭއިރު އެ އެއާޕޯޓުގައިު އެންމެ ފުރިހަމަކޮށް ފެނިގެން ދާނީ ޕެސެންޖަރު ޓާމިނަލެވެ.

ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ އެ ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ނިންމި ފޮޓޯއަށް ފުރިހަމަވެފަ އެވެ. ކުރިން ޝެޑިއުލް އޮތް ގޮތުން އެއީ މި އަހަރު ހުޅުވާން އޮތް އެއާޕޯޓެކެވެ. މި އަހަރުން ބާކީ ދެން އޮތީ ދެތިން ހަތަރު ދުވަހެކެވެ.

  •  މަސައްކަތް ކުރަނީ އެމްޓީސީސީން
  •  1200 މީޓަރުގެ ރަންވޭއެއް
  •  އަގު 144.88 މިލިއަން ރުފިޔާ
  •  މަސައްކަތް ފެށީ މިދިޔަ އަހަރު ޖެނުއަރީގައި
އިރު ފަހެއް - ސަރުކާރުން ދަނީ ޑޮމެސްޓިކްއިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. މި ހަ ރީޖަނަލް އެއާޕޯޓް ބޭނުންވާ ފައިސާ ހޯދަން ހަވާލު ކޮށްފައި ވަނީ 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިޔަފާރި ކުރާ އަދި 2017 ވަނަ އަހަރުން ފެށިގެން ފުށިފަރު ރިސޯޓް ހިންގަމުން މުނި އެންޓަޕްރައިސަސްއާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.