ކޮޅުފުށިން ބޭނުންވަނީ އެއްފަޅުތެރޭން މުއްޔަށް ދާން

ކައުންސިލުން އެދުނީ ފަޅުފުންކޮށް ދޯނީގައި ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިދިނުމަށް ކަމެއް / ނޫނީ މަގެއް / ފާލެއް ހަދާ ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމެއް ސާފެއް ނޫނެވެ.

ރައީސް ސޯލިހް، ކޮޅުފުށީ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވަނީ

މުލަކު އަތޮޅުގެ ވެރިކަން ކުރާ ރަށް މުއްޔަށް ފަޅުތެރެއިން ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދޭން އެ އަތޮޅު ކޮޅުފުށީ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިއްޖެ އެވެ.

ކައުންސިލުން މިކަމަށް އެދުނީ އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއެކު ރައީސް ސޯލިހް މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ. ކޮޅުފުއްޓަށް ރައީސް ވަޑައިގަތީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި ކައުންސިލާއެކު ބޭއްވި ބައްދަލްވުމުގައި މުއްޔަށް ފަޅުތެރެއިން ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ކޮޅުފުށީ ކައުންސިލުން އެދުނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

ކޮޅުފުށީ ރާސްތާ - ބޮޑު މިނުގައި 76 ހެކްޓަރުގެ ބިން ހިމެނޭ ކޮޅުފުއްޓާއި ކުރީގެ ވާރެއާ ފުއްޓާ ވަނީއްކޮށްލާފަ އެވެ. ކޮޅުފުށި / ވާރެއާފުށިން މުއްޔަށް އޮނަނީ 23.4 ކިލޯމޭޓަރުގެ ރާސްތާއެކެވެ. އެއީ ވަރަށް ދުރެވެ. އަދި ކޮޅުފުއްޓަކީ މުލަކަތޮޅުގެ އެންމެ ދެކުނުން އޮންނަ މީހުން ދިރިއުޅޭ ރަށެވެ. އެ ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތާއި، ފަންގިވިނުމުގެ މަސައްކަތެވެ.

ކޮޅުފުއްޓާއި މުއްޔާ ދެމެދު ދިގު ފަޅެއް އޮވެއެވެ. ދިޔަވަރު ހިކިފައި އޮންނަ ދުވަސްދުވަހު ހިނގާލާފައިވެސް ވަަރަށް ދުރަށް ދެވެއެވެ.

ކައުންސިލުން އެދުނީ ފަޅުފުންކޮށް ދޯނީގައި ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ކަމެއް / ނޫނީ މަގެއް / ފާލެއް ހަދާ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމެއް ސާފެއް ނޫނެވެ.

މީގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި ބޯޅަދަނޑު ހެދުމާއި އިޖުތިމާއީ މަރުކަޒެއް ހަދައިދިނުމަށްވެސް ކައުންސިލުން އެދުނެވެ.

ކޮޅުފުއްޓާއި މުލި ހިމެނޭ ރާސްތާގެ އޭރިއަލް ފޮޓޯއެއް

ފަޅުފުންކޮށް ދޯނީގައި ދަތުރު ކުރަން އެދުނު އިރު އެ ރަށުގައި ހުންނަ "މަސްޖިދުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް" މިސްކިތަކީ މަޝްހޫރު "ކަޅުއޮށްފުންމީ" ގެ ލަކުޑިތައް ބޭނުންކޮށްގެން ބިނާ ކޮށްފައިވާ މިސްކިތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.