އެ ކުއްޖާ މަރުވީ އުލިގަމު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. ކުޑަ ކުއްޖާގެ މަރުވާން ދިމާވި އަނިޔާ ލިބުނު ގޯލް ޕޯސްޓް ވެއްޓެން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.
ބޮލަށް ގޯލް ޕޯސްޓެއް ވެެއްޓި ލިބުނު އަނިޔާގައި އުލިގަމު ކުއްޖަކު މަރުވެއްޖެ އެވެ.
އެ ރަށުން މަރުވެފައި ވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަަށް ޕޯސްޓެއް ވެެއްޓިފައިވެ އެވެ. އަދި އެ ހާދިސާގެ މައުލޫމާތު ފުލުހަށް ލިބިފައި ވަނީ މިއަދު ހަވީރު 5:50 ހާއިރު އެވެ.
އެ ކުއްޖާ މަރުވީ އުލިގަމު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. ކުޑަ ކުއްޖާގެ މަރުވާން ދިމާވި އަނިޔާ ލިބުނު ގޯލް ޕޯސްޓް ވެއްޓެން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.