ނިޝާމާގެ ހަށިގަނޑު މާލެއަށް، 15 ދުވަހަށް ފަހު ވަޅުލަނީ

ޕޯސްޓްމޯޓަމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން ދެންމެ ބުނީ ނިޝާމާގެ ޕޯސްޓްމޯޓަމް އެ ދުވަހު ހަދާފައިވާ ކަމަށާ އަދި ނިޝާމާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.

ނިޝާމާ: އޭނާގެ ހަށިގަނޑު މިއަދު ވަނީ މާލެ ގެނެސްފައި -- މި

ހދ. ނޮޅިވަރަމްގައި މަރާލައިފައި އޮއްވާ ފެނުނު، އެ ރަށު ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު މާލެ ގެނެސްފި އެވެ.

ނިޝާމާ މާރާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ޕޯސްޓްމޯޓަމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން ދެންމެ ބުނީ ނިޝާމާގެ ޕޯސްޓްމޯޓަމް އެ ދުވަހު ހަދާފައިވާ ކަމަށާ އަދި ނިޝާމާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. އެހެން ކަމުން މަރުވިތާ 15 ދުވަސް ފަހުން ނިޝާމާގެ ހަށިގަނޑު މިއަދު ވަޅުލާނެ އެވެ. ކަށުނަމާދު އޮތީ މަގުރިބު ނަމާދަށް ފަހު އެވެ.

ނިޝާމާ މަރާލުމުގެ ތުހުމަތު އޮތީ އޭނާގެ ފިރިމިހާ އަބޫބަކުރު ފައިސަލް އަށެވެ. ނަމަވެސް އޭނާ ވަނީ ހައްޔަރުކޮށް ތަހުގީގު ޖަލެއްގައި ހުއްޓާ ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ސަލާމަތް ކޮށްގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.

ނިޝާމާ މާރާލާފައި އޮތީ އޭނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރިތެރޭގަ އެވެ. އޭނާ ފެނުނު އިރު އޭނާގެ މަރުގެ ތުހުމަތު އޮތް ފިރިމިހާ ފުރައިގެން ގޮސް ހުރީ ކުޅުދުއްފުށީގަ އެވެ. ފުލުހުން ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ، އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ.

ނިޝާމާ އާއި އަބޫބަކުރު ފައިސަލް މަރުވެފައިވާއިރު އެ ދެމީހުންގެ ކުޑަ ތިން ކުދިން ވަނީ ޔަތީމް ވެފަ އެވެ. މިއީ މި ފަހުން މިފަދަ ހާދިސާއެއްގެ ތެރެއިން އެކުއެކީގައި ދިވެހި ދެމަފިރިއަކު މަރުވެ، ކުދީން ޔަތީމްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.