ޔާމީންގެ ސުވާލެއް؛ "ރިލްވާން އެކަނިތަ މަރުވެގެން މި އުޅެނީ"

މަރުގެ ކާޑަކީ ކޮންމެ އިންތިހާބަކަށް ރައީސް ސޯލިހް ބޭނުން ކުރައްވާ އެއްޗެއް ކަމަށާ 2023 ގެ އިންތިހާބަށްވެސް ރިލްވާންގެ މަރުގެ ވާހަކަ ނެރެ ދައްކަމުންދާ ކަމަށެވެ.

ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: އިންތިހާބަށް މި ސަރުކާރުން އަބަދުވެސް ގެންގުޅެނީ މަރުގެ ކާޑު ކަމަށް ވިދާޅުވި -- މުހައްމަދު ޒައިން | މި

މިހާރު އޮތީ މަރުފަލި ޖަހަމުންދާ ސަރުކާރެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"ފެލާލައިފި" ނަމުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް / ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. މަރާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރާއި ރައީސް ޔާމީނާއި ގުޅުވާ މަރު ކޮމިޝަނުން ދާދި ފަހުން ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ މިހާރު އޮތީ މަރުފަލި ޖަހަމުންދާ ސަރުކާރެއް ކަމަށެވެ.

މަރުގެ ކާޑަކީ ކޮންމެ އިންތިހާބަކަށް ރައީސް ސޯލިހް ބޭނުން ކުރައްވާ އެއްޗެއް ކަމަށާ 2023 ގެ އިންތިހާބަށްވެސް ރިލްވާންގެ މަރުގެ ވާހަކަ ނެރެ ދައްކަމުންދާ ކަމަށެވެ. އެމަނިކުފާނު ވަނީ ހަމައެކަނި ރިލްވާންގެ މަރުގެ ވާހަކަ މި ސަރުކާރުން ދައްކަނީ ރާއްޖޭގައި މަރުވެގެން އުޅެނީ ރިލްވާން އެކަނި ކަމަށްވާތީ ސުވާލު ކުރައްވާފައެވެ. ނަމަވެސް އެ ސުވާލު ކުރެއްވުމަށް ރާގު ބަދަލު ކުރައްވާ ދެން ވިދާޅުވީ ގުދުރަތީ މަރަކުން ނޫން ގޮތަކަށް ކޮންމެ މީހަކު މަރުވި ނަމަވެސް އެކަމެއް ބަލަން އެމަނިކުފާނުގެ ޕާޓީން އަބަދުވެސް ގޮވާލާނެ ކަމަށެވެ.

"މިއީ މަރުފަލި ޖަހަމުންދާ ސަރުކާރެއް. މިހާ ހިސާބަށް ދިޔައީމަ [އިންތިހާބު ކައިރިވީމަ] އެ މީހުން ބޭނުން ކުރާނީ މަރުގެ ކާޑު. މިހާރު ބޭނުން ކުރަމުންދާ ކާޑަކީ ރިލްވާންގެ ކާޑު. ބަލަ ރިލްވާން އެކަނިތަ މަރުވެގެން މި އުޅެނީ،"

ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: އިންތިހާބަށް މި ސަރުކާރުން އަބަދުވެސް ގެންގުޅެނީ މަރުގެ ކާޑު ކަމަށް ވިދާޅުވި -- މުހައްމަދު ޒައިން | މި

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މަރު ކޮމިޝަނެއް ހަދައިގެން ރިލްވާންގެ މައްސަލަ ބެލި ނަމަވެސް އެއީ އެމަނިކުފާނުގެ ސަރުކާރުގައި ބަލާ ނިންމާފައި އޮތް މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި ކުށްވެރިވާ މީހުންނަށް އަދަބު ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

މަރު ކޮމިޝަނުން މައްސަލަ ފޮރުވަމުންދާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އެގޮތުން ރިލްވާން ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާއިރު އޭރު ކާރުގައި ތިިބި މީހުންގެ ވާހަކަ މިހާރު ނުދައްކަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިިއެވެ. އެ ހުރިހާ ކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ހޯދާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރިލްވާން ކަނޑުފެތުމުގައި ބައިވެރިވި ކަމަށް ބުނާ ބައެއް މީހުން ޕާސްޕޯޓް ހައްދައިގެން ބޭރަށް ފުރުވާލި ކަަމަށް ބުނާއިރު އެކަން ކުރި މީހުން ކޮބައިތޯ / އެ މީހުންނަށް އެޅީ ކޮން ފިޔަވަޅެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ. ކޮށް ނިމިފައި އޮތް ތަހުގީގެއް ބަޔަކު ބޭނުން ގޮތަކަށް އަލުން ކޮށް ބަޔާންތައް ނެރެމުންދާއިރު ފުލުހުންގެ އިދާރާގައި ތިބީ "ގަމާރުން" ތަކެއްތޯ ވެސް ޔާމީން ސުވާލު ކުރެއްވިއެވެ.

"ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިބީ 'ގަމާރުން' ތަކެއްތަ! 'ބީތާ' އިން ތަކެއްތަ! މިއީ ބަލާ ނިންމާފައި ހުރި މައްސަލަތެކޭ. މިހާރު މަރުގެ ކާޑު ނަގައިގެން މި އުޅެނީ ކިއެއް ކުރަން. ވެރިކަމަށް އަންނަންވެސް ބޭނުންކުރީ މަރުގެ ކާޑު. ވެރިކަން ނިމޭއިރު މި ނަގަނީ މަރުގެ ކާޑު. މަރު ފަލި ޖަހަމުން ދެވޭނީ ކިހާ ހިސާބަކަށް. ރިލްވާން މަރާލި މީހުން މި ސަރުކާރުގައި ތިބި މީހުންނަށް އެނގޭނެ. ފުލުހުންނަށް އެނގޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.