އަހުމަދިއްޔާ 10 އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދިއްޔާ އަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ. އަހްމަދިއްޔާގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ ވެސް އޮންނަނީ ސިޓީކައުންސިލުގެ ބެލުމުގެދަށުގަ އެވެ.

އަހުމަދިއްޔާގެ އާ އިމާރާތުގެ ބިންގައި މާލޭގެ މޭޔަރާއި ސްކޫލްގެ ޕްރިންސިޕަލް އަޅުއްވައި ދެއްވަނީ

މާލޭގެ މައްޗަންގޮޅިއަށް ނިސްބަތްވާ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

އެ ސްކޫލްގެ އާ އާމިރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ. އަހުމަދިއްޔާގައި އަލަށް އަޅަނީ 10 ބުރީގެ އައު އިމާރާތެކެވެ.

ރާއްޖޭގެ ތައުލީމްގެ މިޒަމާނުގައި އެންމެ ކާމިޔާބު ސްކޫލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި ވަނީ ރަސްމިއްޔަތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި މޭޔަރާއެކު ކައުންސިލުގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އަހުމަދިއްޔާ އަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ. އަހްމަދިއްޔާގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ ވެސް އޮންނަނީ ސިޓީކައުންސިލުގެ ބެލުމުގެދަށުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.