އިތުރުގަޑީ ފައިސާ ނުދޭ 49 ރިސޯޓެއްގެ ލިސްޓު މިނިސްޓަރަށް

ރާއްޖޭގައި 150 ރިސޯޓެއް ހިންގައެވެ. 49 ރިސޯޓަކުން އިތުރު ގަޑީގައި މަސައްކަތް ކުރުވައި އެކަމަކު ފައިސާ ނުދެ އެވެ. ޓީމުން ވަނީ އެ ޝަކުވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ހަމައަށް ގެންގޮސް ހުށަހަޅާފަ އެވެ.

ޓީމް އިން އިހުތިޖާޖު ކުރަނީ: ރިސޯޓު ވޯކާސް އިން ހުށަހެޅި ޝަކުވާ ވަނީ މިނިސްޓަރު މައުސޫމްއަށް ހުށަހަޅާފައި -- ޓީމް

ރިސޯޓު މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ "ރިސޯޓް ވޯކާސް" އިން އެކުލަވާލި އިތުރު ގަޑީގައި މަސައްކަތް ކުރުވައި ފައިސާ ނުދޭ 49 ރިސޯޓުގެ މައްސަލަ ޓޫރިޒަމް މިނިސްޓަރީއާ ހަމައަށް ގެންގޮސް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ ރިސޯޓު މުވައްޒަފުން ހިންގާ ރިސޯޓު ވޯކާސް ގްރޫޕުން އެކުލަވައިލި އިތުރު ގަޑީގައި މަސައްކަތް ކުރުވައި އެކަމަކު އުޖޫރަ ނުދޭ ރިސޯޓުތަކުގެ މައްސަލަ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އަރިހަށް ފޮނުވީ ޓޫރިޒަމް މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިންނެވެ. މި ލިސްޓުގައި ރާއްޖޭގައި މަޝްހޫރު ގިނަ ރިސޯޓުތަކެއް ހިމެނެ އެވެ.

ޓީމުން ޓޫރިޒަމް މިނިސްޓަރު މައުސޫމަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައި ވަނީ 49 ރިސޯޓަކުން ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާގެ (ށ) އާ ހިލާފުވެފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ގާނޫނުން އިތުރު ގަޑި ވަޒީފާއާ ބެހޭ ގާނޫނުގައި އިތުރު ގަޑީގެ ވާހަކަ އޮންނަނީ މިހެންނެވެ: މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަށް ޖެހޭ މިންވަރުގެ މަދުވެގެން ހަތަރު ބައިކުޅައެއް ބަޔަށްވާ ފައިސާ، އަދި އެފަދަ އިން މަސައްކަތް ކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ދެބައިކޮޅަ އެއް ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭން ޖެހޭނެ އެވެ.

ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފު މައުރޫފު ޒާކިރު (މަޓޭ) "މި" ނޫހަށް ވިދާޅުވީ ރިސޯޓު ވޯކާސް އިން އެ ޖަމިއްޔާ އަށް އިތުރު ގަޑީގައި ފައިސާ ނުދޭ ރިސޯޓުތަކުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަަހަޅާނެ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުކަމެއް. އެކަމުގެ ޝަކުވާ [ރިސޯޓް ވޯކާސް] އިން ވަނީ ހުށަހަޅާފައި،" މައުރޫފު ވިދާޅުވި އެވެ.

މިއީ ކަނޑައެޅިގެން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުކަމެއް. ޝަކުވާ ރިސޯޓް ވޯކާސް އިން ވަނީ ހުށަހަޅާފައި

މައުރޫފު ޒާކިރު | ޓީމްގެ ސެކްރެޓެރީ ޖެނެރަލް

ރާއްޖޭގައި 150 ރިސޯޓެއްގައި ހިދުމަތް ދެމުން ގެންދެ އެވެ. އެހެންވެ މިހާރު ޝަކުވާ ހުށަހަޅާފައިވާ 49 ރިސޯޓަކީ ޓޫރިޒަމް ސިނާއަތުގެ ބޮޑު ބައެކެވެ.

ޓީމަކީ ކޮން ބައެއް - ޓޫރިޒަމް މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ "ޓީމް" ފާހަގަވީ 2008 ގެ ކުރީކޮޅު "ބަދަލަކަށް" ނުކުތް މީހުންގެ ތެރެއިންނެވެ. ވަޒީފާ ގާނޫނުގައި ޓޫރިޒަމް މުވައްޒަފުން ހިމެނީ ޓީމުގެ މަސައްކަތުންނެވެ. ވޭތުވެދިޔަ 16 އަހަރުތެރޭގައި 270 އަށްވުރެ ގިނަ މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލާއި ކޯޓުތަކަށް ޓީމުން ހުށަހެޅި އެވެ. ވަޒީފާއާ ބެހޭ ޓްރެއިބިއުނަލާއި ކޯޓުތަކުގައި ވަކާލާތު ކުރަން މައުރޫފު އަމިއްލައަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ޓޫރިޒަމަށް ބައިގަރުނު ފުރިގެން ބޭއްވި އިވެންޓުތަކުގައި ޓީމްގެ މަސައްކަތުގެ އަގު ސަރުކާރުން ވަޒަނެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.