ތައްޓަށްފަހު މެސީ ވެސް އާއިލާއާއެކު ރާއްޖެއާ ދިމާލަށް

އެނގިފައިވާ ގޮތުގައި މެސީ އަދި އާއިލާ ރާއްޖެ އަންނާނީ އާ އަހަރަށެވެ. އޭނާ އަންނާނެ ކަމަށް އެނގިފައިވަނީ މާލެ އަތޮޅު ރިސޯޓަކަށެވެ.

މެސީ އާޖެންޓީނާ ތަށި ނެގުމަށްފަހު އާއިލާއާއެކު ފޮޓޯއަކަށް ހުއްޓިގެން -- ޕީޕަސް

ވޯލްޑް ކަޕް ނިންމުމަށް ފަހު ދުނިޔޭގެ ތަރިންގެ "ފޭވަރިޓް" މަންޒިލަކަށްވީ ރާއްޖެ އެވެ. އެކަމަކު މިހުރިހާ މީހުންގެ ނަން ފަނޑުކޮށްލާ ފަދަ މަޝްހޫރު ތަރިއެއް އެބަ ރާއްޖެއާދެ އެވެ. އާޖެންޓީނާ އަށް ތަށި ނަގައިދިން ކެޕްޓަން ލިއޮނެލް މެސީ ރާއްޖެއަށް އަންނަން ތައްޔާރުވާ ކަމަށް ވަނީ އެނގިފަ އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މެސީ އާއިލާ ގޮވައިގެން ރާއްޖެ އަންނާނީ އާ އަހަރުގެ ޗުއްޓީއަށެވެ. އަދި އޭނާ ރާއްޖެ އަންނާނެ ކަމަށް ބެލެވޭ އެއް ރިސޯޓަކީ މާލެ އަތޮޅުގައި ފަސް ތަރީގެ ރިސޯޓަށެވެ. މިހާރު ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ވެސް އާއިލާއާއެކު ޗުއްޓީ ހޭދަ ކުރަމުންދާ މި ރަށަށް މެސީ އަންނަ ދަތުރު ވެގެން ދާނީ ދުނިޔޭގެ ފަލަ ސުރުހީ ތަކުން ޖާގަ ލިބޭނެ ދަތުރަކަށެވެ.

އޭނާ ރާއްޖެ އަންނީ އަމިއްލަ ޖެޓެއްގަ އެވެ. މި ޖެޓު ރާއްޖެއަށް އުދުހޭނީ މެސީ އަދި އާއިލާ އާޖެންޓީނާގައި ތަށި ގެންދިއުމުގެ އުފާފާޅު ކުރުން ނިމުމުން ޔޫއޭއީ އަށް ދިއުމަށްފަހު އެވެ.

މެސީ ރާއްޖެ އަންނަ އަންނަން ތައްޔާރުވާއިރު އޭނާއަކީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ އުރީދޫގެ މައި ކުންފުނީގެ ބްރޭންޑް އެމްބެސެޑަރެވެ. އަދި ރާއްޖޭގެ އުރީދޫން ވަނީ މީގެ ކުރީގައި އުރީދޫން ވަނީ މެސީއާ ދިވެހިންނާ ބައްދަލު ކުރުމުގެ ފުރުސަތު ތަކެއް ފަހި ކޮށްދީފަ އެވެ.

މަހުޖަނުންނާއި ތަރިން އަދި ސެލެބްރިޓީންގެ ގިނަ ބަޔަކު ރާއްޖެ އައި ނަމަވެސް މެސީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން މިހާތަނަށް އައިސްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.