ކައުންސިލް ކުންފުނި އުފެދުމާއެކު ތޮއްޑޫ އަށް ތާރީހެއް ލިބިގެންދާނެ އެވެ. އަދި ކައުންސިލަށް ވިޔަފާރި ކުރަން މަގު ފަހި ވެގެންދާނެ އެވެ. ތޮއްޑޫ ކައުންސިލުން ވަނީ އާމްދަނީ ހޯދާނެ ގޮތުގެ ޕްލޭނެއް ވެސް ރަނގަޅަށް ރާވައި ހަދާފަ އެވެ.
އއ. ތޮއްޑޫގައި ފުރަތަމަ ކައުންސިލް ކުންފުނި ރަޖިސްޓްރީކޮށްދީ، އިކޮނޮމިކް މިނިސްޓްރީން އެކަމުގެ ލިޔުން ހަވާލު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ކައުންސިލް ކުންފުނި (އެލްއޭސީ) ގެ ލިޔުން ތޮއްޑޫ ކައުންސިލަށް އެރުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ލިޔުމާ ހަވާލުވީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމެވެ.
ކަރަމް "މި" ނޫހަށް ވިދާޅުވީ ފުރަތަމަ އެލްއޭސީ ރަޖިސްޓްރީވުމަކީ ލިބިގެން ދިޔަ ފަހުރެއް ކަމަށާ، މި ކުންފުންޏާއެކު ތޮއްޑޫއަށް ވެފައިވާ ވައުދުތައް ފުއްދުން ފަށައި ދުވެލި ބާރު ކުރެވިގެން ދާނެ ކަމަށެވެ.
ތޮއްޑޫ ކައުންސިލަށް ކަރަމް ހޮވިފައި ވަނީ ރަށު ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ވައުދާ ވެސް އެކުގަ އެވެ.
"ވަރަށް ބައިވަރު މަސައްކަތް ކުރަން އެބައޮތް. އެ މަސައްކަތްތައް އަޅުގަނޑުމެންގެ މި މަސައްކަތްތަކާއެކު ފެށިގެން ދާނެ،" ކަރަމް ވިދާޅުވި އެވެ.
ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ ގެސްޓްހައުސް ހުންނަ ދަނޑުވެރި ރަށުގައި ގާއިމް ކުރާ ފެސިޓީސްތަކުން އެ ރަށަށް ދާ ޓޫރިސްޓުންގެ އަތުން ފީއެއް ނަގައިގެން ހިދުމަތް ދޭން އެ ރަށު ކައުންސިލުން މަސައްކަތް ކުރާނެ އެވެ. އެ ރަށުގެ ތާރީހީ ވާހަކަތައް ހިމެނޭ ގޮތަށް މިއުޒިމެއް ވެސް ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން ތޮއްޑޫ ކައުންސިލުން ވަނީ އެ ރަށުގެ މަގު ބަލަހައްޓަން ވެހިކަލް ވެސް ހޯދާފަ އެވެ. މި ވެހިލްތައް ވިޔަފާރީގެ ބޭނުމަށް ދޫކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ވެސް މި ކައުންސިލަށް ލިބޭނެ އެވެ.
ތޮއްޫ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ އަދި ކުންފުނިނުހެދުނަސް މިހާރުވެސް ތޮއްޑޫ ކައުންސިލުން ހިންގާ ބަލަހައްޓަމުން ގެންދާ މަސައްކަތް ތިޔަ ލިސްޓްގައި ހުރީ. މިހާރުވެސް މެނޭޖް ނުކުރެވުނު ކަމެއް ކުންފުނި ހެދިޔަކަސް ނުކުރެވޭނެ! ތިއީ ކޮރަޕްޝަނަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް.