ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފި

ފުލުހުން ދެންމެ ބުނީ އޭނާގެ ހަށިގަނޑު މިރޭ މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަލީ

ހދ. ނޮޅިވަރަމްގައި ނިޝާމާ މުހައްމަދު، 28، މަރާރުލުމުގެ ތުހުމަތު އޮތް އޭނާ ފިރިމީހާ އަދި ތިން ކުދީން ބައްޕަ. އަބޫބަކުރު ފައިސަލް ހޮސްޕިޓަލުގައި އޮވެ މަރުވުމާއި ގުޅިގެން އޭނާގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފި އެވެ.

އުތުރު ސިޓީ، ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް ފައިސަލް މަރުވީ މިއަދު ހެނދުނު 8:28 ގައެވެ. ފައިސަލްއަކީ އދ. ފެންފުށީ، އުމުރުން 32 އަހަރުގެ މީހެކެވެ.

ފުލުހުން ދެންމެ ބުނީ އޭނާގެ ހަށިގަނޑު މިރޭ މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނިޝާމާ މަރާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ނިޝާމާގެ މަރުގެ ތުހުމަތު އާއިލާއިން ކުރަނީ ފައިސަލަށެވެ. ނިޝާމާގެ މަރަށް ފަހު ފައިސަލް ދިޔައީ ފުރައިގެން ކުޅުދުއްފުއްޓަށެވެ. އަދި އެ ރަށުގައި އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވެއެވެ. އޭގެ ފަހުން ނިޝާމާގެ މަރުގެ ތުހުމަތަށް ހައްޔަރު ކޮށްފައި ހުއްޓާ ޖަލު ގޮޅީގެ ތެރޭގައި ދަންޖެހި މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފަ އެވެ.

ކޮޓަރީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ. އެކަމަކު، ނިޝާމާގެ މަރަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އަދިވެސް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފުރުވާލާފަ އެއް ނުވެ އެވެ.

މަރެއްގެ ތުހުމަތު އޮތް މީހަކު، އަދި އެ މަރާ ގުޅޭ ތަހުގީގުތައް ފެށި ވަގުތު ފުލުސް ކަސްޓޯޑިއަލްގައި ހުއްޓާ ދަންޖެހުނު މައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.