ނިޝާމާގެ މަރުގެ ތުހުމަތު އޮތް ފިރިމީހާ މަރުވެއްޖެ

ނޮޅިވަރަމްގައި އެ ރަށުގެ ނިޝާމާ މުހައްމަދު މަރާލި ކަމަށް ތުހުމަތުވެފައި އޮތީ އޭނާގެ ފިރިމިހާ އަބޫބަކުރު ފައިސަލެވެ. އޭނާ މިއަދު މަރުވީ އެ މަރުގެ ތުހުމަތަށް ހައްޔަރުކޮށް ޖައްލުގައި ހުއްޓާ ދަންޖެހުމުން ފަރުވާ ދެނިކޮށެވެ.

ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަލީ: ދަން ޖެހުމުން ހާލު ދެރަވަ ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ މަރުވެފައި

ހދ. ނޮޅިވަރަމްގައި ނިޝާމާ މުހައްމަދު، 28، މަރާރުލުމުގެ ތުހުމަތު އޮތް އޭނާ ފިރިމީހާ އަދި ތިން ކުދީން ބައްޕަ. އަބޫބަކުރު ފައިސަލް ހޮސްޕިޓަލުގައި އޮވެ މަރުވެއްޖެ އެވެ.

ފުލުސް އިދާރާއިން މިއަދު ބުނީ އުތުރު ސިޓީ، ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް ފައިސަލް މިއަދު ހެނދުނު 8:28 ގައި މަރުވެފައިވާ ކަމަށެވެ. ފައިސަލްއަކީ އދ. ފެންފުށީ، އުމުރުން 32 އަހަރުގެ މީހެކެވެ.

ނިޝާމާ މަރާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ނިޝާމާގެ މަރުގެ ތުހުމަތު އާއިލާއިން ކުރަނީ ފައިސަލަށެވެ. ނިޝާމާގެ މަރަށް ފަހު ފައިސަލް ދިޔައީ ފުރައިގެން ކުޅުދުއްފުއްޓަށެވެ. އަދި އެ ރަށުގައި އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވެއެވެ. އޭގެ ފަހުން ނިޝާމާގެ މަރުގެ ތުހުމަތަށް ހައްޔަރު ކޮށްފައި ހުއްޓާ ޖަލު ގޮޅީގެ ތެރޭގައި ދަންޖެހި މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފަ އެވެ.

ކޮޓަރީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ. އެކަމަކު، ނިޝާމާގެ މަރަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އަދިވެސް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފުރުވާލާފަ އެއް ނުވެ އެވެ.

މަރެއްގެ ތުހުމަތު އޮތް މީހަކު، އަދި އެ މަރާ ގުޅޭ ތަހުގީގުތައް ފެށި ވަގުތު ފުލުސް ކަސްޓޯޑިއަލްގައި ހުއްޓާ ދަންޖެހުނު މައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.