ރެޑްވޭވުން ވޯލްކަޕް ފައިނަލަށް ދެމަފިރިން

ރާއްޖޭން ގިނަ ބަޔަކު ވޯލްޑް ކަޕް ބަލަން ދިޔަނަމަވެސް ފައިނަލް މެޗު ބަލަން ދިޔައީ މަދުބައެކެވެ. މި ފުރުސަތު ދިން އެއް ބަޔަކީ ރެޑްވޭވް އެވެ.

ރެޑްވޭވުން ވޯލްޑް ކަޕް ބަލަން ފޮނުވި މާނިއު އަދި އަންހެނުން

ގިނަ ބަޔަކު ވޯލްޑް ކަޕު ބަލަން މިފަހަރު ރާއްޖޭން ދިޔަ އެވެ. އެކަމަކު ވޯލްޑް ކަޕުގެ ފައިނަލް މެޗު ބަލަން ދާން ފުރުސަތު ލިބޭނީ މަދުބަޔަކަށެވެ. އެކަމަކު މި ނަސީބު އަތުގައި ހިފި އެކަކީ ރެޑްވޭވުގެ ސޭލަކުން ވިޔަފާރިކޮށްގެން ޓިކެޓެއް ހޯދި މާނިހު އުމަރެވެ. އޭނާ މިހާރު އެ ހުރީ ފައިނަލް ބަލަން އަންހެނުންނާއެކު ގަތަރުގަ އެވެ.

ރެޑްވޭވުން ރާއްޖޭގައި ވިއްކާ ހައިސެންސް ޓީވީގެ "ޕާފެކްޓު މެޗް" ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވިގެން ފުރުސަތު ލިބުނީ މާނިހު އުމަރެވެ. އުމަރު ގަތަރަށް ދިޔައީ އޭނާގެ އަންހެނުން ވެސް ގޮވައިގެންނެވެ. ވޯލްޑްކަޕަށް ދެ ދިޔައީ ދެމަފިރިންނެވެ.

މާނިހު އާއި އަންހެނުން މިރޭ އާޖެންޓީނާ އާއި ފްރާންސު ކުޅޭ ތާރީހީ މެޗު ބަލަން ލުސެއިލް ސްޓޭޑިއަމް އަށް ވަންނާނެ އެވެ. ގާތްގަނޑަކަށް 88،000 މީހުންގެ ކެޕޭސިޓީގެ މި ސަޓޭޑިއަމްގައި ދިވެހި ދިދައާއެކު މާނިހުގެ ދެ މަފިރިން މެޗު ބަލަން ވަންނައިރު މި ދެމަފިރިން ތިބީ އެކަށްޗެއް ކިޔައިގެނެވެ. ދެ މީހުންނަކީ ވެސް ފްރާންސަށް މަރުދޭ "ހާޑްކޯ" ދެ ފޭނުންނެވެ. މި ދެ މީހުންވެސް ބަލަން ބޭނުންވަނީ އެމްބާޕޭ އާޖެންޓީނާގެ ޕެނަލްޓީ އޭރީއަށްވަދެ ދައްކާލާނެ ޖާދޫ އަކަށެވެ.

ގަތަރަށް ފުރަމުން މާނިހު ބުނެފައިވާ ގޮތުގއި އެ ފުރުސަތު ލިބުމުން ފުރަތަމަ ގަބޫލުކުރަން ވެސް ދަތިކަމެކެވެ. އެފަދަ ފުރުސަތެއް ލިބޭނެ ކަމަށް ދުވަހަކު ވެސް އޭނާ ގަބޫލެއް ނުކުރެއެވެ؛ އެކަން ވާނީ ވެސް މިހެންނެވެ. ގަތަރުގެ ތިން މިލިއަން އާބާދީ އާއި ގަތަރަށް ގޮސް ތިބި މިލިއަނެއްހާ މީހުންގެ ތެރޭން ވެސް މާނިއުގެ ދެ މަފިރިންނަށް މި ލިބުނީ "ވަންސް އިން އަ ލައިފް ޓައިމް" ފުރުސަތެއް ލިބިފަ އެވެ. މާނިހުގެ ދެމަފިރިންގެ މި ދަތުރުގައި ހަމައެކަނި ލިބެނީ ޓިކެޓު އެކަންޗެއް ނޫނެވެ. ދެ ކޮޓަރި ފްލައިޓް ޓިކެޓާއި ހަތަރު ތަރީގެ ހޮޓަލެއްގައި ހުރުން އަދި 1،000 ޑޮލަރުގެ ޕޮކެޓް މަތީވެސް ރެޑްވޭވުން ދިނެވެ.

ރެޑްވޭވުން ދިނީ ހަމައެކަނި ޓިކެޓެއް ނޫން

  •  ދެކޮޓު ޓިކެޓް
  •  ދަނޑަށް ވަނުމުގެ ޓިކެޓް
  •  ޕޮކެޓް މަނީ
  •  ތިބެނީ ހަތަރު ތަރީގެ ހޮޓަލެއްގަ

ސުވާލެއް؛ ރެޑްވޭވުން ފައިނަލް ޓިކެޓު ހޯދީ ކިިހިނެއް؟

މި ފުރުސަތު މާނިހު އަށް ލިބިގެން ހައިރާން ވެގެން އުޅުމުގެ ކުރީގައި މާބޮޑު އެހެން ހައިރާން ކަމެއް އެބައޮތެވެ. އެ ހައިރާން ކަމަކީ ރެޑްވޭވުން ފައިނަލް މެޗުގެ ޓިކެޓެއް ދަމައިގަތް ގޮތެވެ. ކޮންމެ އަހަރަކު ވޯލްޑް ކަޕަށް ގިނަ ބަޔަކު ގެންދާ ގިނަ ކުންފުނި ތަކަށް ވެސް ނުވި މިކަން ރެޑްވޭވުން ކުރީ ކިހިނެއް ހެއްޔެވެ؟ ގިނަ ބަޔަކު އެ ސުވާލު ކުރެ އެވެ.

މި ސުވާލު އުފެދޭ ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ ފައިނަލް މެޗުގެ ޓިކެޓުގެ އަގެވެ. އަނެއް ކަމަކީ މި ޓިކެޓު ހޯދަން މިލިއަނުން މީހުން އަތް ދިތްކޮށްގެން ތިބުމެވެ. މިހާރަށް ބެލިނަމަވެސް ޓިކެޓެއްގެ އަގު އުޅެނީ 4،000 ޑޮލަރުގަ އެވެ. ކުރީގައި އަގު ހުރީ 1600 ޑޮލަރަށްވުރެ މަތީގަ އެވެ.

ރެޑްވޭވުން މި ދެ ޓިކެޓު ހޯދި ގޮތެއް ނުބުންޏަސް މި ޓިކެޓު ހޯދަން ފަހިވާނެ ކަންކަން އެ ކުންފުނީގެ ވިޔަފާރި ތެރޭން ކުރިއްސުރެއް އޮތީ ފަހިކޮށްފަ އެވެ. ރެޑްވޭވްއަކީ ރާއްޖޭގައި ހައިސެންސް ޓީވީގެ އޮތޮރައިޒް ޑިސްރިބިއުޓަރެވެ. ހައިސެންސްއަކީ ވޯލްޑް ކަޕު ސްޕޮންސާ ކުރަން މިލިއަން ޑޮލަރު ހަރަދު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.