ފަރުވާއަށް މާލެ ގެނެވޭ ވަރަށް ވުރެ ފައިސަލްގެ ހާލު ދެރަ

ނިޝާމާގެ މަރުގެ ތުހުމަތު އާއިލާއިން ފައިސަލްއަށް ކުރެ އެވެ. ނިޝާމާގެ މަރަށް ފަހު ފައިސަލް ދިޔައީ ފުރައިގެން ކުޅުދުއްފުއްޓަށެވެ. އަދި އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވެއެވެ.

ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަލީ: އޭނާ ދަން ޖެހިފައި ހުއްޓާ ސަލާމަތްކޮށް ދަނީ ފަރުވާ ދެމުން

މި މަހުގެ 10 ވަނަ ދުވަހު ހދ. ނޮޅިވަރަންގައި މަރުވެފައި / މަރައިލައިފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު، 28، ގެ މަރުގެ ތުހުމަތު އޮތް. އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލްގެ އިތުރު ފަރުވާއަށް މާލެ ގެނެވޭ ވަރަށް ވުރެ ހާލު ދެރަ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ނިޝާމާގެ މަރުގެ ތުހުމަތުގައި ބަންދު ކޮށްފައި ހުއްޓާ ފައިސަލް ވަނީ ޖަލު ގޮޅީގައި ދަންޖެހި މިދިޔަ ހޯމަ ދުވަހުގެ ރޭ މަރުވާން މަސައްކަތްކޮށްފަ އެވެ.

އުތުރު ސިޓީގެ އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު މިއަދު "މި" ނޫހަށް ވިދާޅުވީ ފައިސަލްގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށާއި އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. އެހެން ނަމަވެސް އޭނާއާމެދު ޑޮކްޓަރުން އުންމީދު ކަނޑައިލައިފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އިތުރު ފަރުވާއަށް ޕޭޝަންޓް މޫވް ކުރެވޭ ވަރަށް ވުރެ ކްރިޓިކަލް ކަމަށް ޑޮކްޓަރުން ވިދާޅު ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮޓަރީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ. އެކަމަކު، ނިޝާމާގެ މަރަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އަދިވެސް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފުރުވާލާފަ އެއް ނުވެ އެވެ.

ނިޝާމާގެ މަރުގެ ތުހުމަތު އާއިލާއިން ފައިސަލްއަށް ކުރެ އެވެ. ނިޝާމާގެ މަރަށް ފަހު ފައިސަލް ދިޔައީ ފުރައިގެން ކުޅުދުއްފުއްޓަށެވެ. އަދި އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.